ވިޔަފާރި

އިގްތިސޯދަށް ހާއްސަ މަޖައްލާއެއް ތައާރަފްކޮށްފި

Mar 8, 2018
1

ބްލޭޒަން އިންކުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ މުހިއްމު މައުލޫމާތު ގެނެސްދިނުމަށް ހާއްސަ މަޖައްލާއެއް ތައާރަފްކޮށްފި އެވެ.

މޯލްޑިވްސް ބިޒްނަސް ރިވިއު (އެމްބީއާރް) ނަމުގައި ނެރުނު އެ މެގަޒިން އިފްތިތާހްކޮށްދެއްވީ ގަވަރްނަރު އަހުމަދު ނަސީރެވެ.

މޯލްޑިވްސް ބިޒްނަސް ރިވިއުއަކީ ރާއްޖޭގެ އިގްތިސޯދާ ގުޅުންހުރި ހުރިހާ ދާއިރާއެއްގެ މައުލޫމާތާ ތަފާސްހިސާބު އާންމުންނަށް ފެންނާނެހެން ޕަބްލިޝްކުރާ ގޮތަށް ނެރޭ މެގަޒިނެކެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ގެނެސްދީ ތަފްސީލީ ދިރާސާތަކެއް ގެނެސްދޭނެ ކަމަށް ބްލޭޒަންއިން ބުނެ އެވެ.

އަހަރަކު ދެ ފަހަރު ނެރޭ އެ މެގަޒިން މޮބައިލް އެޕެއް ވެސް މި އަހަރުގެ މެދު ތެރޭގައި ނެރެން ވަނީ ނިންމާފަ އެވެ.