ވިޔަފާރި

ވީބީ ވުމެންސްޑޭ ހަދިޔާގެ އަނގައަށް މީރުވާނެ

Mar 8, 2018
1

އަންހެނުންގެ ދުވަސް ފާހަގަކުރަން އަންހެނުންނަށް ހަދިޔާތައް ދެނީ އެވެ. އެކަމަކު ހަނދާންނުގައި ހުންނަ ވަރުގެ ހަދިޔާއެއް ހޯދުމަކީ އެހާ ފަސޭހަކެއް ނޫނެވެ. އެކަމަށް މަޝްހޫރު ވީބީ އިން މި ވަނީ ރަނގަޅު ގޮތެއް ހޯދައިދީފަ އެވެ. ވީބީ އިން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޭސްބުކްގައި ކުރި އަށް ގެންދާ ހަރަކާތެއްގައި ބައިވެރިވެގެން ހަނދާން ހުންނަވަރުގެ ހަދިޔާ އެއް ހޯދިދާނެ އެވެ. އަނގައަށް މީރު ހަދިޔާ ހަނދާނުގައި ހުންނާނެ އެވެ.

ވީބީގެ މި ހާއްސަ ހަރަކާތް ހާއްސަކޮށްފައިވަނީ އެ ކުންފުނިން އެތެރެކޮށް ވިއްކާ "ކެލޮގްސް" ވައްތަރުތަކާއި އަނގަޔަށް މީރު، "ޕްރިންގަލްސް" ޗިޕްސް އަށެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ފޭސްބުކްގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވާން މާހައުނދުލެއް ވެސް ނޫނެވެ. ހަމައެކަނި ކޮށްލަން ޖެހޭހާ ވެސް ކަމަކީ "ޕްރިންގަލްސް މޯލްޑިވްސް" ގެ ފޭސްބުކް ނުވަތަ "ކެލޮކްސް މޯލްޑިވްސް" ގެ ފޭސްބުކަށް ޒިޔާރަތް ކޮށްލުމަށްފަހު ޝެއާއެއް ކޮށްލާށެވެ.

ޕްރިންގަސް މޯލްޑިވްސް ޕޭޖް

ޝެއާ ކުރާއިރު މި ހަދިޔާ ދޭން ބޭނުންވާ މީހަކު އަންހެން ބޭކަނބަލެއް ޓެގް ކޮށްލަން ޖެހެ އެވެ. އަދި އަންހުންގެ ދުވަހުގެ ތަހުނިޔާ ކިޔައިލުމުން ފުދުނީ އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް މި ދެ ޕްރޮޑަކްޓުގެ ފުލް ރޭންޖް ޕެކެއް ލިބޭނެ އެވެ.

ކެލޮގްސް މޯލްޑިވްސް ޕޭޖް

ވީބީ އިން ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުރިހާ އަންހެން މުވައްޒަފުންނަށް ހަދިޔާ ވެސް ދީފަ އެވެ. އަދި ހާއްސަ ކޭކެއް ފެޅުންވެސް މިއަދު އޮތެވެ.