ރަސްފަންނު

ޕެވިލިއަންއަށް ދިވެހި ނަމެއް: "ފަވީލާ"

Mar 12, 2018

މި ދުވަސްވަރަކީ ރަސްފަންނުގައި ސަރުކާރުން ތަރައްގީ ކުރަމުންދާ ޕެވިލިއަންގެ ވާހަކަ ވަރަށް ބޮޑަށް ދެކެވޭ ދުވަސްކޮޅެކެވެ. އެއީ އެ ޕެވިލިއަންގެ މަސައްކަތް ނިމި އަންނަ މަހު ހުޅުވަން ތައްޔާރުވަމުންދާތީ އެވެ.

އަންނަ މަހު ޕެވިލިއަން ހުޅުވާ ވާހަކަ ދެކެވެން ފެށުމާއެކު ދިވެހި ބަހުގެ އެކެޑެމީއިން މިވަނީ އާ ބަހެއް އުފައްދާފަ އެވެ. ޕެވިލިއަންއަށް ދިވެހި ނަމެއް ދީފަ އެވެ. އެކެޑެމީއިން މިއަދު އާންމު ކުރި އާ ލަފުޒުގެ ތެރޭގައި ޕެވިލިއަންއަށް ކިޔާނެ ދިވެހި ނަމުގެ ގޮތުގައި ބުނެފައިވަނީ "ފަވީލާ" އެވެ.

މިއަދު އެކެޑެމީއިން ވަނީ އިތުރު ތިން އާ ލަފުޒެއް ވެސް އިއުލާންކޮށްފަ އެވެ. އެއީ ވުނަ، ވުނަކުރުން، ވުނޭރު އެވެ. "ވުނަ" އަކީ އިންވެންސްޓްމެންޓަށް ދިވެހިން ކިޔަން ތައާރަފުކުރި ލަފުޒެވެ. "ވުނަކުރުން" އަކީ އިންވެސްޓް އެވެ. "ވުނޭރު" އަކީ އިންވެސްޓާ އެވެ.

ދިވެހި ބަހުގެ އެކެޑެމީއިން ދަނީ ވަރަށް ގިނައިން އާ ލަފުޒުތައް އުފައްދައި ސޯޝަލް މީޑިއާ މެދުވެރިކޮށް އެ އެންމެންނަށް އެނގޭނެ ގޮތަށް ހާމަކުރަމުންނެވެ.