ރަސްފަންނު

ރަސްފަންނުން ވިހަގަދަ ބޮއްޔެއް ފެންނާތީ ސަމާލުވާން އެދިއްޖެ

އޯޝަންހޯލިކް މޯލްޑިވްސް އިން ފޭސްބުކްގައި ހިއްސާކުރި ވީޑިއޯގައި ފެންނަ ކޯން ސްނެއިލް
0%
0%
0%

ފުރާނައަށް ނުރައްކާވާ ވަރުގެ ވިހަގަދަ ބޮއްޔެއް ކަމަށްވާ "ކޯން ސްނެއިލް" ރަސްފަންނުން ފެންނާތީ އެކަމަށް ސަމާލުވުމަށް ކަނޑުގެ ދިރުންތަކާ ގުޅޭ ގޮތުން މަސައްކަތްކުރާ "އޯޝަންހޯލިކް މޯލްޑިވްސް" އިން އެދިއްޖެ އެވެ.

އޯޝަންހޯލިކް މޯލްޑިވްސް އިން ބުނި ގޮތުގައި މި ބޮއްޔަކީ ރާއްޖެއިން ކުރިންވެސް ފެންނަ ބޮއްޔެކެވެ.

ބޮލީގެ ވައްތަރާއި ސައިޒަށް ބަލާފައި މިއީ ވަރަށް ވިހަގަދަ އަދި ފުރާނައަށްވެސް ނުރައްކާތެރި އެއްޗަކަށް ވެދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި ބޮލި އާންމުކޮށް ތިލަވަނީ ރޭގަނޑުކަން ފާހަކޮށް ހަވީރާއި ރޭނގަޑު މޫދަށް އެރޭއިރު ސަމާލުވުމަށް އޯޝަންހޯލިކް މޯލްޑިވްސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫދަށް އެރި އުޅޭއިރު ހާއްސަކޮށް ކުޑަކުދިން ބޫޓަށް އެރުމަށާއި ވިލުގައި ހުސްފަޔާ ނޫޅުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345