ރަސްފަންނު

ރަސްފަންނަށް ތެޔޮ އަޅާފައިވަނީ ގަސްދުގައި: އީޕީއޭ

ރަސްފަންނުގެ މޫދު އަޑި ތެލުން ތަޣައްޔަރު ވެފައި: އީޕީއޭއިން ބުނަނީ އެއީ ގަސްދުގައިކޮށްފައިވާ ކަމެއް ކަމަށް
0%
0%
0%

ރަސްފަންނު މޫދަށް ތެޔޮ އަޅާފައި ވަނީ ބަޔަކު ގަސްތުގައި ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ތެލުން ރަސްފަނު ތަޣައްޔަރުވި ސަބަބާބެހޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ބެލެވެނީ އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރަސްފަންނަށް ތޮޔޮ އަޅާފައި ވަނީ އެ ސަރަހައްދުގެ ގާތަކު ބިއްދަށުން ކަނޑު ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތެޔޮ އަޅާފައިވަނީ ގާތަކު އަނެއް ފަރާތުން ކަނޑާއިވީ ފަޅިން، އެކަން ކޮށްފައި ވަނީ ގަސްދުގައި،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ރަސްފަންނުގެ ގާތުކުގައި ވެސް މިހާރު ހުރީ އަޑީ ތެޔޮ ހިފާފައި ކަމަށާއި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރަސްފަންނު މޫދަށް ތެޔޮ ޖަމާވެ ތަޢައްޔަރުވުމާއި ގުޅިގެން އެ ސަރަހައްދު ބަންދުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345