ތިމާވެށި

ތިމާވެށީގެ މަސައްކަތްތަކެއް ކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމެއް

0%
0%
0%

ތިމާވެށީގެ ބައެއް މަސައްކަތްތައް ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޗައިނާގެ ޗައިނާގެ އޯޝަނޮލޮޖީ އިންސްޓިޓިއުޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ކުންފުނިން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ދާއިރާއިން އީޕީއޭ އަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މި އެއްބަސްވުމާ އެކު ރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.

މިއެއްބަސްވުމުގެ ދަށުން ކުރާނެ ވަކިވަކި މަސައްކަތްތަކުގެ ތަފްސީލް މިނިސްޓްރީން އަދި ހިއްސާކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910