އީޕީއޭ

ރަސްފަންނުން ތެޔޮ ސާފު ކޮށްފި

Sep 21, 2021
ރަސްފަންނުގެ މޫދު އަޑި ތެލުން ތަޣައްޔަރު ވެފައި: މިހާރު އެތަން ވަނީ ސާފުކޮށްފައި
0%
0%
0%

ތެޔޮ އެޅިފައިވާ ރަސްފަންނުގެ މޫދު ސަރަހައްދޫ ސާފުކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން މިއަދު ބުނެފައި ވަނީ އެ ސަރަހައްދަށް އެޅިފައިވާ ތެޔޮތައް ސާފުކުރި ނަމަވެސް އަދި އެ ސަރަަހައްދު ނުހުޅުވާ ކަމަށެވެ. އެތަނަށް ތެޔޮ ޖަމާވެ ތަޣައްޔަރުވުމާއި ގުޅިގެން އެތަން ބަންދުކޮށްފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.

އީޕީއޭ އިން ބުނީ އެ ސަރަހައްދުން މޫދުގައި ހައިޑްރޯކާބޮން ނުވަތަ ޕެޓްރޯލް އަދި ނިއުޓްރަލް ގޭސް ހުރީ ކިހާ މިންވަރަކަށްތޯ ބެލުމަށް މިހާރު އެސެސްމެންޓެއް ހަދާ ކަމަށެވެ. މި އެސެސްމެންޓު ހެދުމަށްފަހު އާންމުންނަށް އެ ސަރަހައްދު ހުޅުވައިލާނެ ކަމަށެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އާއި ގުޅިގެންނެވެ.

އީޕީއޭ އިން ކުރިން ބުނެފައި ވަނީ އެ ސަރަހައްދަށް ތެޔޮ އަޅާފައި ވަނީ ބަޔަކު ގަސްދުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި ރަސްފަންނަށް ތޮޔޮ އަޅާފައި ވަނީ އެ ސަރަހައްދުގެ ގާތަކު ބިއްދަށުން ކަނޑު ތެރެއިން ކަމަށެވެ.

ނަމަވެސް ސިފައިންގެ އިން ބުނެފައި ވަނީ ބޮޑަށް ބެލެވެނީ ކަނޑުގެ އޮޔާ ވައި ހުރިގޮތުން އެ ސަރަހައްދަށް ތެޔޮގަނޑު ލައްވީ ކަމަށެވެ.

އެ ސަރަހައްދަކީ ގިނަ ބަޔަކު މޫދަށް އެރެންދާ ސަރަހައްދެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345