ވިޔަފާރި

މިދިޔަ އަހަރު އެސްއެމްއީ ލޯނު ލިބުނީ 43 ފަރާތަކަށް

Mar 24, 2018

މިދިޔަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް ދޫކުރި އެސްއެމްއީ ލޯނު ލިބިފައިވާ 43 ފަރާތުގެ ރިފަރެންސް ނަމްބަރު އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ދޫކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގައި ހިމަނަމުން އަންނަ 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރެ އެވެ. އެކަމަކު މިދިޔަ އަހަރު ދޫކޮށްފައިވަނީ މީގެ ތެރެއިން 38 މިލިއަން ރުފިޔާ އެވެ. މި ލޯނަށް ވަކި ފަރުދުންނާއި ކުންފުނި އަދި ކޯޕަރޭޓިވް ތަކަށްވެސް ލެވެ އެވެ.

"50 މިލިއަން ރުފިޔާގެ އެސްއެމްއީ" ލޯނު ދޫކުރަނީ ނުވަ އަހަރުން ދައްކާ ގޮތަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގްރޭސްޕީރިއަޑްގެ ގޮތުގައި އެއް އަހަރު ލިބޭނެ އެވެ. މިއީ ހަތް ޕަސެންޓް އިންޓްރެސްޓުގައި ދޫކުރާ ލޯނު ސްކީމެކެވެ.

މި ލޯނު ސްކީމް ފަރުމާކޮށްފައިވަނީ އިކުއިޓީ ބަހައްޓަން ޖެހޭ ގޮތަކަށް ނޫނެވެ. އަދި ލޯނުގައި ވަކި ރަހުނެއް ބަހައްޓާކަން ނުޖެހެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމު މި އަހަރުގެ ބައި އާދީއްތަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލަން ނިންމައިިފި އެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ ލޯނުތަކެއް ދޫކޮށްފަ އެވެ. ދޫކުރި ލޯނުތަކުގެ ތެރޭގައި "ގެޓްސެޓް" އާއި "އެސްއެމްއީ" އަދި "ފަސޭހަ މަދަދު" ގެ އިތުރުން "ކަންބަލުންގެ ލޯނު" ހިމެނެ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރު ވެސް 190 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށެވެ.