ހަބަރު

މަލީހު ވަކިކޮށް ޔޫތް މިނިސްޓަރުކަން ޒުހޫރަށް، ހެލްތް މިނިސްޓަރަކަށް އިރުތިޝާމް

May 20, 2015
5

ޔޫތު މިނިސްޓަރު ކަމުން މުހައްމަދު މަލީހު ޖަމާލު ވަކި ކުރައްވައި މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމަށް ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހ. ‏‏މާބަނޑޭރިއާގެ އަޙްމަދު ޒުހޫރު އައްޔަން ކުރައްވައި‏ މިނިސްޓަރ އޮފް ހެލްތުގެ މަގާމު ހ. ‏‏އޯކިޑުގޭ އިރުތިޝާމް އާދަމް ‏އަށް މިއަދު ދެއްވައިފި އެވެ.

އިރްތިޝާމް ކުރިން ހުންނެވީ ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ ‏‏މަޖިލީހުގެ ‏‏މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.‏