ވާހަކަ

ބުނެދޭށޭރުހެމޭ

(13 މެއި 2018 އާ ގުޅޭ) "ސްކާލެޓް!... ސްޓޭ ވިތް މީ... ބޭބީ ޕްލީޒް ސްޓޭ ވިތް މީ... ޓުނައިޓް.. ޑޯންޓް... ލީވް މީ އެލޯން" އަރްސަލް އަތްދިއްކޮށްލައިގެން އޮވެ ބުންޏެވެ. އިރުކޮޅަކު ބަލަން ހުރެފައި އެ އަތުގައި ނިމްރާ ހިފިއެވެ. ހުމުގެ ސަބަބުން އެ ދެއަތްތިލަ ވެސް އޮތީ ހޫނުވެފައެވެ. ނިމްރާގެ އަތްތިލައިގެ އިހުސާސް ކުރެވުނު ހިނދު އަރްސަލް ހިނިތުންވެލަމުން ދެ ލޯ މަރާލިއެވެ. އަދި ނިމްރާގެ އަތާއެކު އޭނާގެ އަތް ގެނެސް މެޔާ ކައިރިކޮށްލިއެވެ.

ރާދިން ފަތިސް ނަމާދަށް ދިއުމުގެ ކުރީން އަރްސަލްގެ ހާލު ބަލަން ބޭނުންވިއެވެ. އަރްސަލްގެ ކޮޓަރީގެ ދޮރު އެއްކޮށް ނުލައްޕާ ހުރި ތަން ފެނި އޭނާ މަޑުމަޑުން އެތެރެ ބަލާލިއެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރޭގައި ރާދިންގެ ލޮލުގައި އަރްސަލްގެ އެނދުގެ ކައިރިފަށުގައި އަތްއަޅުވާލައިގެން އެ އަތުގައި ބޯ ބާއްވާލައިގެން ނިދިފައި ނިމްރާ އިން ގޮތް އަޅައިގަތެވެ. އެތެރެއަށް ވަދެ އަރްސަލްގެ ހުން ބަލާލަން ހިތަށް އަރާފައި ވެސް ރާދިން ހުއްޓުނީ ނިމްރާގެ ނިދި ގެއްލިދާނޭތީވެއެވެ. އިރުކޮޅަކު ބަލަން ހުރެފައި ރާދިން ޖީބުގައި އޮތް ފޯނު ނަގައި ފޮޓޯއެއް ނެގިއެވެ.

"ޔޫ ބެޓާ އެޕްރިޝިއޭޓް ހާ... އެހާވަރުން ނިމް އެހީވީމަ ވެސް ހޭ ޖެހޭ ގޮތަށް ނޭނގެ އެ އަންހެންކުއްޖާއަށް ކުރާނީ ކިހާވަރެއްގެ ކަމެއްކަން. ޔަގީނުން ވެސް ފޮޓޯ ދެއްކީމަ އަރްސަލްއަށް ވެސް ޖެހޭނީ ޤަބޫލުކުރަން... ރޭ ހަތަރުދަން އެ ހާލުގައި ނޫންކަމެއް ނޭނގޭ އެ އިނީ. ޝީ ކެއާޒް ފޯ ހިމް ކޮންމެ ގޮތަކަށް އަރްސަލް ކަންތައްކުރިޔަސް" ރާދިން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
މަކަރުވެރި ދެއްކުންތެރި އަންހެނަކަށްވުރެން ނިމްރާއަކީ ރަނގަޅު ކުއްޖެއްކަން އަރްސަލްއަށް ވިސްނައިދޭން ރާދިން ބޭނުންވެއެވެ. އަރްސަލްގެ ސިކުނޑީގައިވާ ބަދަލު ހިފުމުގެ ޚިޔާލުތައް ދޫކޮށްލާ ނިމްރާއާ ޞުލްޙަވާން ރާދިން އެދެއެވެ. ނަމަވެސް އަރްސަލްއަކީ ގޮތްދޫނުކުރާ މީހެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ހިފަހައްޓައި އެ ގޮތުގައި ދެމި ހުންނަން ބޭނުންވާ ޒުވާނެކެވެ. އޭނާގެ ނިންމުންތައް ބަދަލުކުރުމަކީ ޚުދު ރާދިންއަށް ވެސް ކުރަން ފަސޭހަ ކަންކަމެއްނޫނެވެ. އެހެންވިޔަސް ނިމްރާ އެ ދެ ޒުވާނުންގެ ދިރިއުޅުމުގައި ވަރަށް ބޮޑަށް ޝާމިލުވެއްޖެއެވެ. އެ އަންހެންކުއްޖާ އެކަހެރިކޮށްލުމުގެ ބަދަލުގައި އެ އަންހެންކުއްޖާ އެނގެން ރާދިން ވެސް މިހާރު ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.

ނަމާދުން ފައިބައިގެން ރާދިން އައިސް އެޕާޓްމެންޓަށް ވަންއިރު ނިމްރާ ސިޓިންރޫމުގައި އިނެވެ. ކާމޭޒު ދޮށުގައި ކޮފީ ޖޯޑެއް ހިފައިގެންނެވެ. ރާދިން ފެނުމުން އޭނާއަށް އަވަހަށް ކޮފީ ހަދައިގެން ގެނެސްދިނެވެ.

"މިހާރު ކިހިނެއް؟" ރާދިން އަހާލުމާއެކު އެ ދެއްކީ އަރްސަލްގެ ވާހަކަކަން ނިމްރާ ދެނެގަތެވެ.

"ރަނގަޅު... އެކަމަކު ހުންނުފިލާ އެކީގައި... ދެން ހެނދުނުން ކާއެއްޗެއް ދީފައެއްނު ބޭސް ދޭން ވާނީ" ނިމްރާ ބުނެލިއެވެ. ރާދިން ވެސް ނިމްރާއާއެކު ކާމޭޒުދޮށުގައި އިށީނެވެ.

"ޑާލިންގް... ކިހިނެއްވީ؟ އަތަށް ތަދުވަނީތަ؟ ރޭގައި ރަނގަޅަށް ނުވެސް ނިދޭ ދޯ" ރާދިންއަށް އަރްސަލްގެ އެނދުކައިރީ ނިމްރާ އިން ގޮތް ހިތަށް އެރުމުން އަހާލިއެވެ.

"އަހަރެން އޯކޭ...ރާދު!... ޑެވިލް ބަލިވީމަ އަބަދުވެސް އެހާ ފިނޑިތަ؟" ރޭ ހަތަރުދަން ނިމްރާގެ އަތުން އަރްސަލް ދޫކޮށްނުލާކަން އެނގި ހުރެ ނިމްރާ ސުވާލުކުރިއެވެ. އަރްސަލްގެ ޢަމަލު އެގޮތަށް ހުރީ އޭނާ ބަލިވީމަކަމުގައި ނިމްރާއަށް ހީކުރެވެނީއެވެ.

"ހެ ހެ ހެ... އާމުކޮށް ވަރަށް ބަލިނުވާނެ... އެކަމަކު ކަމެއްވިޔަސް މީހަކު ގާތު ނުބުނާނެ. އެހެންމީހުންނަށް ޖެހޭނީ އަރްސަލްއަށް ވެގެން އުޅޭ ގޮތެއް ދެނެގަންނަން. އަނެއްކާ އެހިޔަސް ކޮންމެ މީހެއް ގާތުގައި ނުބުނާނެ. އަހަންނާ ވެސް ޝެއާ ކުރަނީ ކުޑައިރުއްސުރެ އަހަރެމެން އެކުގައި އުޅެ ބޮޑުވީމަ... އަރްސަލްގެ އިތުބާރު ޖެހޭނީ ހޯދަން. އޭނާ މީހުންނަށް އެހާ ފަސޭހައިން އިތުބާރެއްނުކުރާނެ. އެކަމަކު އޭނާއަކީ ގޯސް މީހެއްނޫން. އެކި މީހުންގެ މިޒާޖު ތަފާތުވާނެތާ ދޯ... އަރްސަލް އެހާ ސީރިއަސްކޮށް ފެނުނު ނަމަވެސް އޭނާ ބައެއްފަހަރު ވަރަށް ސަމާސާ ކުރާނެ. ވަރަށް ލާނެތްކަންކަން ކޮށްލާނެ" ރާދިން ހީނލިގޮތުން ހީވީ ޚިޔާލަކަށް ގެއްލިފައި އިންހެނެވެ.

"ޔޫ ގައީޒް އާ ބްރަދާސް... އެންމެ ހަގަށް ހުންނަނީ ހަލަފް... އެކަމަކު ތި ތިން މީހުން ވެސް ވަރަށް ތަފާތު. ސިފަ ވެސް ވަރަށް ތަފާތު. ރާދުއާއި އަރްސަލްގެ ތެރެއިން ދޮށީ ކާކުކަމެއް ބުނާކަށް ހަމައެއްގޮތަކަށް ވެސް ނޭނގެ. އެކަމަކު އެނގޭ ތީ އެއްމާބަނޑު ދެބެން ނޫންކަން... ހަލަފް ބުނީ ތި މީހުންގެ ފެމެލީ ވަރަށް ކޮމްޕްލިކޭޓެޑްކަމަށް. ހަލަފް އުޅެނީ މައިންބަފައިން ގާތުގައި ކަމަށް ބުނި. ދެން ކީއްވެ ރާދުމެން ވަކިން އުޅެނީ... އަރްސަލް މެރީކޮށްފައި ވަކިން އުޅޭން ނިންމީތަ؟ އެހެންވިޔަސް ރާދު އޭނާއާއެކު އުޅޭ ސަބަބެއް އަހަންނަކަށް ނުވިސްނުނު" ނިމްރާގެ ސިކުނޑީގައި އޮޅުންބޮޅުންވެފައިވާ ސުވާލުތަކަށް ޖަވާބެއް ހޯދުމަށް އޭނާ މަސައްކަތްކުރިއެވެ.

"ވީ އާ ނޮޓް ރިއަލް ބްރަދާސް.... އަރްސަލްއާއި ހަލަފްއަކީ އެއްބަފާ ދެބެން. އަހަންނާއި އަރްސަލް... ވީ އާ ސޭމް އޭޖް. އަރްސަލްގެ ބައްޕަ އަހަރެން ކުޑައިރުއްސުރެ ގެންގުޅުނީ. އަރްސަލްއާއި އޭނާގެ ބައްޕައަކާ އެހާ ނުގުޅޭނެ. ކިތަންމެ ފަހަރަކު ގެއިން ނުކުމެގެންދާން އަރްސަލް އުޅުނު. އެކަން ބައްޕައަށް ބޮޑުވެގެން އަހަރެމެން ދެ މީހުންގެ ފުރާވަރުގައި ބޭރަށް ފޮނުވާލީ. އެކޮޅުން ކިޔަވަން ބޭނުންވި ވަރަށް ކިޔަވައި ނިންމާފައި އައިސް އަރްސަލް ބޭނުންވީ އޭނާގެ އަމިއްލަ ވިޔަފާރިއެއް ފަށަން. ދެން ވެސް އޭނާ ގޭގައި ހުންނަ ޚިޔާލެއް ނުކުރި. އެހެންވެ ބައްޕަ އޭނާއާ ޑީލްއެއް ހެދީ... މުއްޠުބެ އިސްކޮށް ހުރެ އަހަރެމެންނަށް އިންވެސްޓްމެންޓެއްގެ ގޮތުގައި މި ގެ ދިނީ. އަރްސަލްއަކީ ކާކުގެ ދަރިއެއްކަން ގިނަ ބަޔަކަށް އެނގޭނެ. އޭނާ ލޯނެއްނަގައި އަމިއްލަ ކުންފުންޏެއް އެހާ ފަސޭހައިން އުފެއްދުނީ އެހެންވެ. ކުންފުނި ހަމައަކަށް އެޅުނީމާ އޭނާ ދިރިއުޅުމެއްފެށީ އޭރު ހަޔާތަށް ބައިވެރިއަކު ވެސް އައިސްފައި ހުރީމަ. ލޫންއާ ދިމާވީ ކިޔަވަން އުޅުނުއިރު. ކީފާ ވެސް ދިމާވީ އޭރު. ހަލަފްއާ ކިތަންމެ ދުރުދުރުން އުޅުނަސް ހަޤީޤަތުގައި އަރްސަލް އޭނާގެ ކޮއްކޮދެކެ ރުޅިއެއް ނާދޭ. އެކަމަކު ކެއާ ކުރާކަން ޝޯ ކުރާކަށް ވެސް އޭނާ މަސައްކަތެއް ނުކުރޭ... ދެ މީހުން އެއްތަންވެއްޖެއްޔާ ދެބަސްވާތަން އަބަދު ފެންނާނީ. އެހެންވިޔަސް އެ ދެ މީހުން ވެސް އެކަކު އަނެކަކުދެކެ ވަރަށް ލޯބިވާނެ. ޚާއްޞަކޮށް ހަލަފް. އައި ލަވް ދެމް ބޯތް... އަހަރެންގެ ޢާއިލާއަކީ ވެސް އެއީ" ރާދިންގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެންދިޔައެވެ.

"ކީއްވެ އަރްސަލްގެ ބައްޕައާ ނުގުޅެނީ" ނިމްރާ އެހިއެވެ.

"ސޮރީ ޑާލިންގް... ތި ސުވާލަށް އަހަންނަކަށް ޖަވާބެއްނުދެވޭނެ. އެވާހަކައަކީ އަރްސަލްގެ ވާހަކައެއް. ކިޔައިދޭނީ ވެސް އޭނާ. އަހަރެން ކިޔައިދީގެން ކަމަކުނުދާނެ" ރާދިން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ރާދު!... އަހަރެން... އަހަރެން ކަމަކަށް އެދިފިއްޔާ ކޮށްދޭނަންތަ؟" ނިމްރާ ޖެހިލުންވިކަން ރާދިންއަށް ވެސް ފާހަގަވިއެވެ.

"އަހަންނަށް ކޮށްދެވޭވަރުކަމެއްނަމައެއްނު... މިހެންބުންޏަސް އަރްސަލްއާ ދެކޮޅަށް ކަމެއް ކުރަން ނުބުނައްޗޭ" ރާދިންގެ ނަޒަރު ނިމްރާއަށް ހުއްޓާލައިގެން އިނދެ ބުނެލިއެވެ. ނިމްރާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

"އަސްލު!... އަހަރެން ނުދެކެން އަރްސަލްގެ ވައިފް. މިގެއަކުން ވެސް ނުފެނޭ އޭނާގެ ފޮޓޯއެއްހާ ހިސާބު ވެސް... ރާދު އަތުގައި އޭނާގެ ފޮޓޯއެއް އޮތިއްޔާ އަހަންނަށް ދައްކާލަފާނަންތަ؟ އައި ޖަސްޓް ވޯންޓު ސީ ހާ. އެ ހާދިސާ ހިނގައިދިޔައީ ވަރަށް އަވަހަށް... އަހަރެންގެ އަތުން ފުރާނައެއް ގެއްލިގެންދިޔައިރު އޭނާ ހުންނަ ގޮތެއް ވެސް އަހަންނަކަށް ނޭނގޭ. އަހަންނަށް އެއްވެސް ވަރަކަށް އޭނާގެ ސޫރައެއް ސިފައެއްނުކުރެވޭ... އެނގެނީ ދިގު އިސްތަށިގަނޑެއް އޮތްކަން... އެންމެން ވެސް އޭނާއަށް ލޫންގެ ނަމުން މުޚާޠިބު ކުރާކަން. އަހަރެން ހޭ އެރިއިރު ހުރިހާ ކަމެއް ނިމިއްޖެ... ރާދު! އައި ރިއަލީ ޑިޑިންޓް މީން ޓު... އައި ވިޝް އައި ކުޑް ޓާން ބެކް ޓައިމް"

"އިޓްސް ނޮޓް ޔޯ ފޯލްޓް ޑާލިންގް... ޑޯންޓް ބްލޭމް ޔޯސެލްފް... އައި ހޭވް ފިއު ޝޮޓްސް އޮފް ހާ... ޔަގީންތަ ނިމް ބަލަން ބޭނުންކަން" ރާދިން އޭނާ އިށީނދެ އިން ގޮނޑި ނިމްރާއާ ކައިރިކޮށްލިއެވެ. ނިމްރާ ބޯޖަހާލުމުން ރާދިން އޭނާގެ ފޯނު ނަގާ ހުޅުވާލިއެވެ. އަދި ފޯނުގެ ގެލެރީގައި ހުރި ލޫންގެ ފޮޓޯތައް ނިމްރާއަށް ރާދިން ދެއްކިއެވެ.

"ޝީ އިޒް ޕްރިޓީ... ދޭ ލުކް ޕާފެކްޓް ޓުގެދާ" ރާދިންގެ ފޯނުގައިވާ ފޮޓޯތައް ބަލަމުން ނިމްރާއަށް ބުނެލެވުނެވެ.

"ހީ ލުކް ސޯ ހެޕީ... އަރްސަލްއަށް އަހަރެން ފެންނަ ކޮންމެ ފަހަރަކު ލޫންގެ މަތިން ހަނދާންވާނެ. އޭނާގެ ކުރިމަތީ އަހަރެން އަބަދުވެސް ވާނީ ލޫންގެ ގާތިލަށް... އެ މީހުންގެ ދަރިފުޅުގެ ގާތިލަށް... ވިލް ޔޫ އެވާ ފޮގިވް މީ. އައި ކާންޓް ބްރިންގް ހާ ބެކް. ލޫން! އަހަންނަށް މަޢާފުކުރާނަންތަ؟ އަހަރެން ވެސް ބޭނުން އަރްސަލްގެ ހަޔާތަށް އުފާވެރިކަން އެނބުރި އަންނަން. އޭނާ ތިގޮތަށް ހިނިތުންވެލައިގެން ހުންނަތަން ދުށުމަށް. އައި... އައި ކެއާ އަބައުޓް ހިމް... އަ ލޮޓް. އަރްސަލްގެ ހަޔާތަށް އާދެވޭނީ ވަރަށް ޚާއްޞަ އަންހެންކުއްޖަކަށް... ޔަގީން ލޫން ހުރިހާ ކުދީންނާ ތަފާތުވާނޭކަން" ނިމްރާ އަމިއްލަ ހިތާ ޚިއްޞާކުރަމުންދިޔައެވެ.

"ޔޫ އޯލްރައިޓް" ހިމޭންވެފައި ނިމްރާ އިންނަން ފެށުމުން ރާދިން އަހާލިއެވެ.

"ލޫންއަކީ ކޮންކަހަލަ އަންހެންކުއްޖެއް" ނިމްރާ އަހާލިއެވެ.

"ޑާލިންގް... މޭ އައި އާސްކް ވައި ޔޫ ވޯންޓް ޓު ނޯ" ލޫންއާ މެދު ނިމްރާ ޝައުގުވެރިވީތީ ރާދިން ހައިރާންވިއެވެ.

"ހިތަށް އެރީ ލޫން ވަރަށް ޚާއްޞަ ތަފާތު ކުއްޖަކަށްވީމައޭ އަރްސަލް އޭނާއާ މެރީ ކުރީ... ޓެލް މީ ރާދު... ޕްލީޒް" ނިމްރާ އެނގެން ބޭނުންވަނީ ކޮންކަމެއްކަން ރާދިންއަށް ސާފެއްނުވިއެވެ. އެހެންނަމަވެސް އޭނާ އިތުރަށް ހައިރާންކުރުވީ ނިމްރާގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަ ފެނިފައެވެ.

"އަހަންނަށް ހިޔެއްނުވޭ ލޫންގެ ވާހަކަދެއްކުން އެއީ ރަނގަޅު ޚިޔާލެއްހެނެއް" ރާދިން މަޑުމަޑުން ބުނެލިއެވެ.

"އަހަރެމެން މި ނޫން ގޮތަކަށް ބައްދަލުވިނަމަ ދޯ... އޭރުން ރަނގަޅު ރައްޓެހިންނަށް ވެވުނީސްކަންނޭނގެ. އަރްސަލްގެ ތަފާތު ސިފައެއް ފެނުނީސްކަން ޔަގީން" މަޑުމަޑުން ދެ ލޯ ފުހެލަމުން ނިމްރާ ބުނެލިއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ވިޔަސް އެ ހިނިތުންވުން އުފާވެރިކަން ރަމްޒެއްނުކޮށްދެއެވެ. ނިމްރާގެ ކޮނޑުގައި ރާދިން ފިރުމާލިއެވެ.

"ކޮންމެ ގޮތަކަށް ކޮންމެ ހާލަތެއްގައި ވިޔަސް ބައްދަލުވުން މުހިންމީ... މިހާރު މި ތިބީ ބައްދަލުވެފައެއްނު. އައި އޭމް ގްލޭޑް ވީ މެޓް... ޑާލިންގް... އަރްސަލް މެއިޑެކޭ ކީ ނަމަވެސް އަހަރެން އެގޮތަކަށް ނިމްއާ މެދު ނުދެކެން. ޔޫ އާ އަ ވެރީ ކޭޕަބަލް ލޭޑީ" ރާދިން ބުނެލިއެވެ.

"ޑާލިންގް! އަހަރެން ވެސް ބޭނުން ނިމް އެނގެން... ޓެލް މީ އެނީތިންގް އަބައުޓް ޔޫ... އަބަދުވެސް އިސްތަށިގަނޑު ހުންނަނީ ތިހާ ކުރުކޮށްތަ؟ ކީއްވެ ރަތްކުލަ ޖެއްސީ... އެހެންވެއޭ އަރްސަލް ރަތްޖިންނި ކިޔަނީ" ރާދިން ކުޑަކޮށް ހީނލިއެވެ. ނިމްރާ ވެސް ކުޑަކޮށް ހީނލާފައި ވާހަކަދައްކަންފެށިއެވެ.

"އަހަރެންގެ އުމުރުގައި އަހަރެންގެ ނަން ނޫން ނަމަކުން މުޚާޠިބުކުރި ފުރަތަމަ މީހާ އަރްސަލްއަކީ... ނޭނގެ ކީއްވެ ކަމެއް އޭނާ އަހަރެންގެ ނަން ނުކިޔަނީ... ކިޔަން ބޭނުންނުވަނީހެން ހީވަނީ... ވެލް!... މައި ލައިފް ދޯ... އަނެއްހެން މާބޮޑު ކަމެއްނެތް ކިޔައިދޭކަށް... ރާދުއަށް އެނގެއެއްނު އަހަރެންގެ ފެމެލީގައި އެކަކުވެސް ނެތްކަން" ނިމްރާ ހިނިތުންވުމަކުން ހަޤީޤަތް ފޮރުވާލެވޭތޯ އުޅުނެވެ.

"އެކަން އެނގޭ... އެކަމަކު އޭގެ ކުރިން... ސްކޫލް ލައިފް... ޓީނޭޖް ޑޭޒް... ވަޓް ޔޫ ލަވް... ވަޓް ޔޫ ހޭޓް" ރާދިން މަސައްކަތްކުރީ ނިމްރާ ލައްވާ ވާހަކަދައްކުވާށެވެ.

"އަހަރެން އަސްލު ވަރަށް ޝައިވާނެ... ވަރަށް ސައިލެންޓް މީހެއް. އައި ލަވް އޮބްޒާވިން. މާ ގިނަ ވާހަކަދައްކާކަށް ނުޖެހޭނެއެއްނު. މޭ ބީ އައި އޭމް ނޮޓް އަ ހެޕީ ކިޑް... މިކޮޅު ސްކޫލުގައި އުޅުނުއިރު ބައެއް ސަބަޖެކްޓްތަކަށް ވަރަށް ވީކްވާނެ. އައި ޑޫ ފެއިލް... ހެ ހެ ހެ... ނޮޓް އަ ޓޮޕް ސްޓޫޑެންޓް. އައި ލަވް އެކައުންޓިންގް، މެތްސް އެންޑް އިންގްލިޝް. ކާފަ އަބަދުވެސް ބިޒްނަސް ކުރާތަން ފެނޭ. މާމައަކީ ހައުސް ވައިފެއް. މާމަ ވަރަށް ކޫލްވާނެ. އައި ޑޯންޓް ނޯ ހޫ މައި މަދާ އިޒް. ކާފައާއި މާމަ ވެސް މަންމަގެ ވާހަކައެއް ނުދައްކާނެ. ނޭނގެ ހުންނަ ގޮތެއް ވެސް. ބައްޕަ... ބައްޕަ އަމިއްލައަށް މަރުވީ... އެވެސް ގޭގައި ޓޯކް ނުކުރާ ޓޮޕިކެއް. ކާފައާއި މާމަ ނުދައްކާނެ ބައްޕަގެ މާގިނަ ވާހަކައެއް. އެކަމަކު ބައްޕަގެ ފޮޓޯތައް ދުށިން. ކާފަ ވަރަށް ރުޅި ގަދަވާނެ. އަހަރެން ސުވާލުކުރާވަރުން ބައްޕަގެ ފޮޓޯ އަލްބަމް އަންދާލީ... މާމަ ބުނޭ ބައްޕައަކީ ރަނގަޅު މީހެކޭ، މަންމައާ ހެދިއޭ ބައްޕަ ހުރިހާކަމެއް ކުރީ... އެނީވޭޒް... އޭގެ ފަހުން އަހަރެން ވެސް ބައްޕަގެ ވާހަކަ ނުދައްކަން. އޭލެވެލް ހެދެން ނެތީމަ އަހަރެން ދިޔައީ ލަންކާއަށް. އެކޮޅުގައި ޑިގްރީއަށް ޖޮއިންވީ. އެކައުންޓިން ހަދަމުން ފައިނޭންސްއަށް އިންޓްރެސް އުފެދުނީ. މިކޮޅުގައި އެއްވެސް ރަޙުމަތްތެރިއަކު ނުހުރޭ. އެކަމަކު ލަންކާ ކޮލެޖުން ވަރަށް ގިނަ ރައްޓެހިން ލިބުނު. އަހަރެން މާ މަޑުމަޑުން ހުންނާތީ އެ މީހުންގެ ޚިޔާލާއެކު އަހަރެން ބަދަލުވެލަން ނިންމީ... އެގޮތުން ބޯ ކޮށާލީ... އެންމެންގެ ލައިފް ވެސް ނުލާހިކު އިންޓްރެސްޓިންގް. އަހަރެންގެ ލައިފްގަ ބޯއިފްރެންޑެއްހާ ހިސާބު ވެސް ނެތް. ލައިކްވާ މީހަކު ވެސް ނެތް. އަހަރެން ވަރަށް ބޯރިންގް މީހަކަށްވަނީ... އައި ވޯންޓް ސަމް އެޓެންޝަން އިން މައި ލައިފް. ސޯ އައި ޕްރިފާ ރެޑް. ފުރަތަމަކޮޅު ވަރަށް އޮޑްވި... ބަޓް ނައު އިޓްސް ނަތިންގް. އައި ލަވް އިޓް. ކިޔަވައިގެން އައިސް މިކޮޅުގައި ދުވަސްކޮޅެއް ވީތަނާ ކާފަ ނިޔާވެއްޖެއެވެ. އަހަރެން ކާފަގެ ބިޒްނަސް ހޭންޑްލްކުރީ. އޭގެ ދުވަސްކޮޅެއް ފަހުން ކާފަގެ ބިޒްނަސް ގެއްލުނީ... އެންޑް ބޭންކުން ގެ ނެގީ. ދެއާ ވޯޒް ނޮޓް މަޗް ލެޕްޓް... ނޯ މަނީ ނޯ ހޯމް... ދެން ދި އެކްސިޑެންޓް. އެ ހުރިހާ ކަމަކަށް މާމައަށް ކެތްނުކުރެވުނީ... ދެން އައި މޭކް އަ ޑީލް ވިތް ދި ޑެވިލް... އެބައި ރާދުއަށް އެނގެއެއްނު" ނިމްރާ ދެތުންފަތް ފިއްތާލާ ފިނިނޭވާއެއް ލިއެވެ. ރާދިން ލުއި ހިނިތުންވުމެއް ދިނުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. އޭނާއަށް ބުނާނޭ އެއްޗެއް ނޭނގުނީއެވެ. ނިމްރާ ވެސް ހަޔާތުގެ ހުރިހާ ހަޤީޤަތެއް ހާމައެއް ނުކުރިއެވެ. އެ ކަޅު އަނދިރި ސަފުހާތައް ހިތުގެ އެންމެ ފުނުގައި ވަޅުލީއެވެ.

ދެ ޒުވާނުންގެ ސަމާލުކަން އަތުލީ ފަހަތުން އަރްސަލް ކަރުކެހިލި އަޑު އިވިފައެވެ. އޭނާ އެ މީހުންގެ ވާހަކަ އަޑުއަހަން ހުރީ ކިހާ އިރަކުން ފެށިގެންކަމެއް ނޭނގެއެވެ. ރާދިން ތެދުވުމާއެކު އަރްސަލްއާ ކުރިމަތިލިއެވެ. ހުސްވެފައި ހުރި ކޮފީ ޖޯޑުތައް ހިފައިގެން ނިމްރާ ކައިރިވެލީ ސިންކު ކައިރިއަށެވެ.

"ކިހިނެއްވަނީ ހުންގަނޑު" ރާދިން އަހާލިއެވެ.

"ރަނގަޅު" އަރްސަލް ބުނެލިއެވެ. އަދި އައިސް ކާމޭޒު ދޮށުގައި އިށީނެވެ.

"ކޮފީއެއް ހަދާބަލަ" އަރްސަލް ބުނެލިއެވެ. އެ އަޑަށް ނިމްރާ އަވަސްވެލިއެވެ. އޭރު އޭނާގެ ސިކުނޑީގައިވަނީ އެންމެ ސުވާލެކެވެ. އޭނާއާއި ރާދިންއާ ދެމެދު ދެކެވުނު ވާހަކަތައް އަރްސަލްއަށް އަޑުއިވުނުބާއެވެ. އެކަމަކު އަރްސަލްގެ ހަރަކާތްތަކުން އެހެން ހިޔެއްނުވެއެވެ. ކިރިޔާ މީހާ ހަމައަކަށް އެޅިލުމުން އޭނާގެ ހަރުކަށިކަން އެނބުރި އައި ކަހަލައެވެ.

"ޑާލިންގް ލެޓްސް މޭކް ބްރޭކްފަސްޓް... މިއަދު ތަންކޮޅެއް ލަސްވެއްޖެ ދޯ" ރާދިން ބުނެލިއެވެ.

ހެނދުނު ނާސްތާކޮށްގެން ރާދިން އޮފީހަށް ދާން ނުކުތެވެ. ސައިބޮއެގެން އައިސް ސޯފާގައި އަރްސަލް އިނެވެ. ނިމްރާ ތަށިތައް ނަގާ ނިމުމުން އަރްސަލްގެ ކޮޓަރީގައި އޮތް ތެމޯމީޓާ އާއި ބޭސްކާޑު ހިފައިގެން ނުކުތެވެ.

"ހުން ހުރި ތޯ ބަލާލަން" އަރްސަލް ގާތުގައި މަޑުކޮށްލަމުން ނިމްރާ ބުނެލިއެވެ. އަރްސަލް ބޯޖަހާލުމުން ނިމްރާ ތެމޯމީޓާ ޖައްސާލިއެވެ. ރެއަށްވުރެ ވަރަށް ބޮޑުތަން ދަށްވެފައި ވުމުން ނިމްރާ ހިތްހަމަޖެހުނެވެ. ފެންތަށްޓާއި ބޭސްގުޅަ ގެނެސް އަރްސަލްއަށް ދިނެވެ. ނިމްރާގެ ހަރަކާތްތަކަށް ބަލަން އަރްސަލް އިންއިރު އޭނާގެ ހިތާއި ސިކުނޑީގައިވީ ރޭގައި އޭނާގެ އެނދު ކައިރީ ނިމްރާ ނިދިފައި އިންގޮތެވެ. އޭނާއަށް ދެ ފަހަރެއްގެ މަތިން ހޭލެވުނު އިރު ވެސް ނިމްރާ ދުރަކަށް ނުދެއެވެ. އަރްސަލްގެ އަތުން އަތް ވަކިކޮށްލާކަށް ވެސް ނޫޅުނެވެ. ކިތަންމެ ފަހަރަކު ނިމްރާ ނަގައި އޭނާގެ ގާތުގައި އެނދުގައި ބޭއްވުމަށް އަރްސަލް ހިތަށް އެރިއެވެ. ނަމަވެސް އެވަގުތުގެ ގާތްކަން އިތުރަށް ދުރުވެދާނޭތީ އެފަދަ ކަމެއް ކުރަން އަރްސަލް ފަސްޖެހުނީއެވެ.

"ސްކާލެޓް... ކޮންތާކަށް" ނިމްރާ އެތެރެއަށް ދާން އުޅުމުން އަރްސަލް އަހާލިއެވެ.

"ބެލްކަނީގައި ހުރި ގަސްތަކަށް ފެންދޭން... މާ އަޅާފައި ހުރީ. ބަލާލަން އަންނާނަންތަ؟" ނިމްރާ ހިނިތުންވެލިއެވެ. ލޫން އިންދާފައި ހުރި ގަސްތަކަށް އާރޯކަން ވެރިވެ މާފޮޅިފައި ހުރިތަން ފެނުމުން އަރްސަލް ހިތްހަމަޖެހިދާނޭ ނިމްރާއަށް ހީވަނީއެވެ. ނަމަވެސް އަރްސަލް މަޑުމަޑުން ދެފަރާތަށް ބޯހޫރާލީއެވެ.

"ތިކަން ކޮއްފައި އަވަހަށް އަނައްޗޭ" އަރްސަލް ސޯފާގެ ލެނގޭބައިގެ ފަހަތަށް ވާގޮތަށް ކަނދުރާގެ ވާގި ދޫކޮށްލާ ދެ ލޯ މަރާލިއެވެ. ނިމްރާގެ ޖަވާބެއް އަރްސަލް ބޭނުންވި ހެނެއް ހިޔެއްނުވެއެވެ. (ނުނިމޭ)