ރިޕޯޓް

މާފައްޗާއެކު މިއީ ކޮން ކުދިން ކޮޅެއް؟

May 21, 2018
4

ދިވެހިން ބުދުދީން ދޫކޮށް މާތް ވެގެންވާ އިސްލާމް ދީން ހިޔާރު ކުރީސުރެ ދިވެހި ރާއްޖޭގައި ހިނގަމުން އައީ ވިރާސީ ރަސްކަމެކެވެ. އެ ރަސްކަން ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވުމަކީ އާދައިގެ ކަމަކަށް ވާނެ ހެއްޔެވެ؟ އެ ބޮޑު އިންގިލާބީ ބަދަލު އައީ ޖެނުއަރީ 1، 1953 ގައެވެ.

އެ ދުވަސް ދިމާވާނީ ހިޖުރައިން 1373 ވަނަ އަހަރުގެ ރަބީއުލް އާހިރާ މަހުގެ 14 ވީ ބުރާސްފައްޗާ އެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކީ އަލް އަމީރު މުހައްމަދު އަމީން ދީދީ އެވެ. ދިވެހި ރާއްޖެ މިހާތަނަށް ދުށް ހުރިހާ ރައީސުންނާ ހާސަބައި ތަފާތު ރައީސެކެވެ. ދުނިޔެ އޭނާ ސިފަކޮށްގައި ވަނީ "ވަގުތަށް ވުރެ ކުރީގައި އުޅުއްވާ ރައީސް" ގެ ގޮތުގައެވެ.

ފުރަތަމަ ޖުމްހޫރިއްުޔާ އުފެދުމުގެ ކުލަ ގަދަ ރަސްމިއްޔާތުތަކަީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކުލަ ގަދަ ރަސްމިއްޔާތުތަކެވެ. އެފަދަ ރަސްމިއްޔާތެއް ދެން އަންހާނެހެނެއް ވެސް ހީއެއް ނުވެއެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ މުނާސަބަތުގައި ވަރުގަދަ ކާނިވަލެއް ބޭއްވި އެވެ. ދާރުލްއުލޫމްގައި ބޭއްވި އެ ކާނިވަލްގެ ސްޓޭޖްގައި ވަރަށް ހާއްސަ ވަރަށް ރީތި އަންހެން ކުދިންކޮޅެއް ވަރަށް ފަރިކޮށް ނަށައި އުޅުނެވެ. މި ހާއްސަ ފޮޓޯގައި އެ ތިބީ އެކުދީންނެވެ. ޔަގީނަށް ވެސް މިހާރު އެއީ މާމައިންނާއި މުނިމާމައިންނެވެ. އޭގެތެރެއިން ބައެއް ކަނބަލުން ދުނިޔޭގައި ތިއްބަވާނެ އަދި ބަޔަކު ދުނިޔެއާ ވަކިވެފައިވާނެ އެވެ.

މާމަ ނޫނީ މުނިމާމަ ފެނޭތަ؟

މި ހާއްސަ އަދި ތާރީހީ ފޮޓޯގަނޑުގައި މަންމަވެސް، މާމަވެސް އެހެންނާ މުނިމާމަވެސް ހުރެދާނެ އެވެ. ތިރީގައި އެވާ ތައާރަފުން ބަލައިގެން އަމިއްލަ މަންމަ އާއި މާމަ އާއި މުނިމާ ފާހަގަ ކުރެވިއްޖެނަމަ އެއީ މިހާރަށް ލިބޭނެ ކިހާ ބޮޑު އުފަލަކަށް ވާނެ ހެއްޔެވެ؟ އެހެންވެއްޖެއްޔާ އާއިލާގެ އެންމެން ވެސް މިހާރު މި ފޮޓޯ ބަލާލައި ޝެއާ ކޮށްލާން ބޭނުންވާނެ ދޯއެވެ؟

ފޮޓޯގެ ތައާރަފު

މާފަތި ހިފައިގެން ކަނާތުން ވާތަށް: 1 - ފެންފުށީ ނާއިލާ، 2 - އަސްރާރު އަހުމަދު، ތިމަރަފުށި 3- މަރިޔަމް އަލީ، މާދޫގެ 4 - ޖަމީލާ އިބްރާހިމް، ބަހާރުގެ 5 - ރާމިޒާ އިބްރާހިމް، ހަތިފުށި 6 - ރަމްލާ އިބްރާހިމް ބާރަށް، ދެވަނަބަރި: ހަދީޖާ ހުސައިން ދީދީ ދުންފިނިގެ 2- ހާޖަރާ އަހުމަދު، ހޯރަފުށި، 3 - މޫމިނާ ސައީދު، ފާމްދޭރިގެ، 4 - ޝަރީފާ، މަނާގެ 5- ނަސީމާ އިބްރާހިމް ބަހާރުގެ، 6 - މަރީނާ 7- ހަދީޖާ އަހުމަދު ހޯރަފުށި، 8- އަމީނާ މުފީދު. ފަހަތުބަރި: 1 - ޖަމީލާ އަލީ، އާކަކާގެ 2 - އާރިފާ މޫސާ ދީދީ، ހިލިހިލާގެ