ހަބަރު

ބަރަހަނާކޮށް ތިބެގެން ބޮޑީ ޕެއިންޓްކުރި މައްސަލަ ފުލުހުން ބަލަނީ

May 24, 2015
1

ބިދޭސީ އަންހެނުންތަކެއްެ ބަރަހަނާކޮށް ތިބެގެން ހަށިގަނޑުގައި ޕެއިންޓްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާންމުކޮށްފައިވާ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އޮސްޓްރޭލިއާ ކުންފުންޏަކާ ރާއްޖޭގެ ބަޔަކާ ގުޅިގެން އުފައްދާފައިވާ އެ ވީޑިއޯގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ދެތިން ދުވަސް ކުރިން އާންމުކޮށްފައިވާ އެ ވީޑިއޯގައި ފެންނަ ގޮތުން ބަރަހަނާކޮށް ތިބެގެން ބިދޭސީ އަންހެނުންތަކެއް ގައިގައި ކުރަހަ އެވެ. އާޓް ގެލެރީ އާއި ރާއްޖޭގެ ކޮންމެވެސް ރަށެއްގައި އޭގެ މަންޒަރުތައް ނަގާފައިވެ އެވެ.

ރާއްޖޭގައި ކުރިން ވެސް ބަރަހަނާކޮށް ތިބެގެން ވީޑިއޯއެއް ނެގި މައްސަލަ ފެންމަތިވެފަ އެވެ. ނޭޝަނަލް ޖިއޮގްރަފިކް ޗެނަލުން ގެނެސްދޭ އެ ޑޮކިއުމެންޓްރީގެ މަންޒަރުތައް ނަގާފައިވަނީ ރާއްޖޭގެ ރަށެއްގައި ތިބެގެންނެވެ.

ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު ބުނާގޮތުން އޮރިޔާން ކާޑު އުފެއްދުމަކީ ތިން މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރެވޭނެ ކަމެކެވެ.