ވިޔަފާރި

ދިރާގު ޕޭ ޕްރޮމޯޝަން: ޓެކްސީއަށް ފައިސާ ދައްކައިގެން 1500 ރުފިޔާ ލިބިދާނެ!

Jun 20, 2018
2

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ ގެ މުޅިން އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯބައިލް ފޯނާއި އެން.އެފް.ސީ ބޭނުންކޮށްގެން ތަކެއްޗާއި ހިދުމަތްތަކަށް ފަސޭހައިން ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފް ކޮށްފައިވާ ދިރާގު ޕޭގެ މި ޕްރޮމޯޝަންގެ ދަށުން އެ ހިދުމަތް މެދުވެރިކޮށް 25 ޓެކްސީ ދަތުރަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން އޮޓޮމެޓިކުން ގުރުވަތު ލުމެއްގައި ބައިވެރި ވެވޭނެއެވެ. މި ގުރުވަތު ލުމުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންންގެ ދިރާގު ޕޭ ވޮލެޓަށް 1500 ރުފިޔާގެ ކޭޝް އިން އެއް ލިބޭނެ އެވެ.

މި ގުރުވަތު ލުމުން ހޮވޭ ނަސީބުވެރި 10 ކަސްޓަމަރުންންގެ ދިރާގު ޕޭ ވޮލެޓަށް 1500 ރުފިޔާގެ ކޭޝް އިން އެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ހަމައެކަނި މާލޭގައިއެވެ. އަދި މި ޕްރޮމޯޝަނުގެ މުދައްތު ހަމަވަނީ 30 ޖޫން 2018 އަށެވެ. ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ މަހުގަ އެވެ. އަދި މި ހިދުމަތް ލިބޭ 100 އަށް ވުރެ ގިނަ ވިޔަފާރި ހުރެ އެވެ.