ހަބަރު

ޑީކޯވި މީހަކަށް ސިފައިން އެހީވެދީފި

Jun 24, 2018

މަހަށް ދާން ތައްޔާރުވި ދޯންޏަކުން އެން ދަމަން ވައި ފުޅި އަޅައިގެން ފީނި މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން ސިފައިން އެހީވެދީފި އެވެ. އެ ދޯނި އެން ދަމަން އުޅުނީ ގއ. ވިލިނގިލި ކައިރީގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ލިބިފައިވަނީ މިއަދު ހެނދުނު 8:30 ގައި ކަމަށާއި ހާދިސާ ދިމާވި އިރު ދޯނި އޮތީ ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުގައި ކަމަށެވެ.

ހާދިސާއަށް ފަހު ވިލިނގިލި ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް އުމުރުން 41 އަހަރުގެ އެ މީހާ އެމްބިއުލާންސް އަށް ނަގައި އަވަސް ފަރުވާ ދިނުމަށް ފަހު ހެނދުނު 10:30 ހާއިރު ވަނީ ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެނދަމަން ފީނުމުގައި ޑީކޯ ވުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމަކަށް ވެފައި ވެ އެވެ.