ކޯސްޓް ހިކި ކިރަކީ ދިވެހިން އެންމެ އިތުބާރުކުރާ އެއް ހިކި ކިރެވެ. ކޯސްޓް ނުބޮއި ހުރި މީހަކު މި ޖީލުގައި ނުހުންނާނެއޭ ވެސް ބުނެވިދާނެ އެވެ. އެވަރަށް މި ހިކި ކިރަށް ދިވެހިން އިތުބާރު ކުރެ އެވެ. އެއް ސަބަބަކީ ކޯސްޓް މީރުވުމެވެ. އަނެއް ކަމަކީ ވޭތެރެ ދޭތެރެެއިން ކޯސްޓް ވިއްކާ ބީއެޗްއެމްއިން ހިންގާ ހާއްސަ ޕްރޮމޯޝަން ތަކެވެ. މިފަހަރުވެސް މުޅިން ތަފާތު ޕްރޮމޯޝަނެއް މިވަނީ ފަށާފަ އެވެ. މި ފަހަރުގެ ޕްރޮމޯޝަންގައި އުމްރާ ދަތުރުތަކާއެކު ގިނަ އިނާމުތަކެއް ލިބިގެންދެ އެވެ.
ކޯސްޓް ކިރުގެ މި ޕްރޮމޯޝަން ކުރިއަށްދާނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮމޯޝަންގައި ގަންނަ ކޯސްޓް ކިރާއި ކޯސްޓް ކެލްސިއަމް އަދި ކޯސްޓް ޕެކެޓް ކިރުގެ ކޮންމެ ސައިޒަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް އަގުހުރި ތިން އިނާމެއް ލިބޭނެ އެވެ.
ކޯސްޓް ކިރުގެ މި ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި ދޮންނަ މެޝިނާއި މިކްސްޗަރު އަދި ފިލިޕްސް ކިޗަން މެޝިންގެ އިތުރުން ފިލިޕްސް ފުޑް ޕްރޮސެސާ އަދި ޕެނަސޮނިކް މައިކްރޯވޭވް އަވަން ވެސް ހިމެނެ އެވެ. މީގެ އިތުރުން ލިބޭ އެހެން އިނާމުތަކުގެ ތެރޭގައި ކޯސްޓް ގެރިކިއު ކޭހާއި ޑަޗްލޭޑީ ކިރުގެ ކޭސް އަދި ޑަޗްލޭޑީ ޔޯގަޓް ކޭހުގެ އިތުރުން އެންމެ ފަހުން ބީއެޗްއެމްއިން ނެރެފައިވާ ޑަޗްލޭޑީ ޕަވާޝޭކް ކޭހުގެ އިތުރުން ޑަކްލޭޑީ ގެރިކިރު ކޭސް ހިމެނެ އެވެ.
މީގެ އިތުރުން ލިބޭ އެހެން އިނާމުތަކުގެ ތެރޭގައި ކޯސްޓް ގެރިކިއު ކޭހާއި ޑަޗްލޭޑީ ކިރުގެ ކޭސް އަދި ޑަޗްލޭޑީ ޔޯގަޓް ކޭހުގެ އިތުރުން އެންމެ ފަހުން ބީއެޗްއެމްއިން ނެރެފައިވާ ޑަޗްލޭޑީ ޕަވާޝޭކް ކޭހުގެ އިތުރުން ޑަކްލޭޑީ ގެރިކިރު ކޭސް ހިމެނެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ކޫޕަންކޮޅައިވާ ކޯޑް ބީއެޗްއެމް ޑޮޓް އެމްވީ ވެބްސައިޓުން ފޮނުވުމުން ބައިވެރިވެވޭނެ އެވެ.