LIVE UPDATES

އެންމެ ފަހު ކުއްޖާއާއެކު ކޯޗު ވެސް ސަލާމަތުން ނެރެފި

Updated:
4

ތައިލަންޑު (ޖުލައި 8) - ތައިލަންޑުގެ ހޮހަޅައެއްގައި ދެ ހަފްތާ ވަންދެން ތާށިވެފައިތިބި 12 ކުދިންގެ ތެރެއިން މިހާތަނަށް އަށް ކުއްޖަކު ވަނީ ސަލާމަތްކޮށްފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކާއި ތައިލެންޑްގެ ނޭވީގެ ސިފައިން ހިމެނޭ އެންމެ ތަޖުރިބާކާރު 18 ޑައިވަރުންގެ ޓީމުން އާދީއްތަ ދުވަހުގެ ހެނދުނު ފެށި ނުރައްކާތެރި އޮޕަރޭޝަންގައި ތާށިވެފައި ތިބި ކުދިންގެ ތެރެއިން މިހާރު ޖުމްލަ އަށް ކުދިން ސަލާމަތްކުރެވިފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އާދީއްތަ ދުވަހެކޭ އެއްފަދައިން، ރޭ ވެސް ހަތަރު ކުދިން ސަލާމަތް ކޮށް އޮޕަރޭޝަން މެދުކަނޑާލުމަށްފަހު، މިހާރު ސަލާމަތް ނުކުރެވި ތިބި ހަތަރު ކުދިންނާއި އެކުދިންގެ ކޯޗު ނެރުމަށް ޑައިވަރުން ވަނީ އަނެއްކާވެސް މިއަދު ހެނދުނު ހޮހޮޅައަށް ވަދެފަ އެވެ. މިހާތަނަށް 11 ކުދިން ވަނީ ސަލާމަތްކުރެވިފަ އެވެ.