ހަބަރު

56 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތް ހަދަން އިސްލާހު ހުށަހަޅައިފި

އުމުރުން 65 އަހަރުވުމުން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ.

މުހައްމަދު އިސްމާއިލް މިރޭ ވިދާޅުވީ އެގޮތަށް ހުށަހެޅުއްވީ ވަކި އުމުރަކަށް ވުރެ މަތިވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާތީ ކަމަށެވެ

"މިހާރު އޮންނަނީ 35 އަހަރުވުމުންނޭ ކުރިމަތި ލެވޭނީ، އެހެންވެ ކުރިމަތި ނުލެވޭނެ އުމުރެއް ބަޔާން ކުރުމަށް މި ހުށަހެޅީ." އޭނާ ވިދާޅުވި އެވެ.

މާދަމާ ބާއްވާ މި ދައުރުގެ ފަހު ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާ ގޮތަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މިހާރު ގާނޫނު އަސާސީގައި އޮންނަނީ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން މީހަކު އުމުރުން 35 އަހަރު ފުރިފައި ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ވަކި އުމުރަކަށް ވުރެ މައްޗަށް ދިއުމުން އެ މަގާމަށް ކުރިމަތިނުލެވޭނެ ކަމަކަށް ގާނޫނު އަސާސީގައި ބުނެފައެއް ނުވެއެވެ.

އެ އިސްލާހު ފާސްވެއްޖެ ނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރައީސް ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ދެން ރިޔާސީ އިންތިޚާބެއް ބާއްވާއިރު ގާސިމް އުމުރު 65 އަށް މައްޗަށް ދާނެ އެވެ.

ގާނޫނު އަސާސީ އޮންނަ ގޮތުން އެ އިސްލާހު ފާސް ވާނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ މެމްބަރުންގެ ވޯޓު ލިބިގެންނެވެ.