ހަބަރު

އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި

Jul 12, 2018

އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އައްޔަން ކޮށްފައިވަނީ އަހުމަދު ޝަފީގެވެ.

އެކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ޝަފީގް މިއަދު އައްޔަންކޮށްފައިވާއިރު އޭނާ ޕީޕީއެމަށް ސޮއި ކުރެއްވީ މިއަހަރު ކުރީ ކޮޅެވެ.

އެކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަން ކޮށްފައިވާއިރު، މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝެއިހް މުހައްމަދު ދީދީ އަނެއްކާވެސް އައްޔަން ކުރައްވާފަ އެވެ.