ވިޔަފާރި

ޒިއޯން މޮބައިލްސްގެ އާ ފިހާރައެއް ހުޅުވައިފި

Jul 20, 2018

ޒިއޯން މޮބައިލްސްގެ އާ ފިހާރައެއް މާލޭގައި ހުޅުވި އެވެ.

ރާއްޖޭގެ އައިޓީ ދާއިރާ އަށް އިންގިލާބީ ބަދަލު ތަކެއް ގެނެސްދިން ރަފިއުއްދީން ނަސީމް ހުޅުވި ޒިއޯން މޮބައިލްސްގެ ދެވަނަ ފިހާރަ މާލޭގައި މިރޭ ހުޅުވައިިފި އެވެ.

ޒިއޯން މޮބައިލްސްގެ ނަމުގައި މިހާރު ވެސް ފިހާރައެއް ހިންގަމުން ގެންދާ ރަފިއުއްދީން މި ފަހަރު ފިހާރަ ހުޅުވާފައިވަނީ މަގީދީމަގު މިލިއަން ބުކްޝޮޕް ކައިރީގަ އެވެ.

ޒިއޯން މޮބައިލްސްގެ އާ ފިހާރަ ހުޅުއްވައި ދެއްވީ ދަމާސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހު އެވެ.

މަޝްހޫރު ބޮޑުބެރު ގްރޫޕް "1438" ގެ ފޯރިގަދަ ހުށަހަހެޅުންތައް ފެނިގެން ދިޔަ މި ރަސްމިއްޔާތުގައި ހުޅުވިމ ޒިއޯން މޮބައިލްގެ އާ ފިހާރައެއް ހުޅުވުމާއެކު، މިރޭ އެ ފިހާރަ ދިޔަ މީހުންގެ މެދުގައި ގުރުއަތެއް ނަގައި ވަނީ ހާއްސަ ފޯނެއް ވެސް ދީފަ އެވެ.

ޒިއޯން މޮބައިލްސް އިން އަލަށް ހުޅުވި ފިހާރާގައި އެންމެ ފަހުގެ ބްރޭންޑްތަކުގެ ފޯނުތަކާއި އެއާގުޅޭ އެހެނިގެން ސާމާނު ލިބެން ހުރެ އެވެ. އަދި މިތަނުގައި ފޯނުތައް މަރާމާތު ކޮށްދިނުމުގެ ހިދުމަތްވެސް ދެ އެވެ. މި ފިހާރައިން ދަނީ އެމްއެފްއެލްސީ އާއި އެމްއައިބީގެ ސްކީމްތަކުން ވެސް ފޯނުތައް ދޫކުރަމުންނެވެ.