ވިޔަފާރި

ޕިޑީލައިޓްގެ ޑޮކްޓަފިކްސްއިޓް ކެމިކަލް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުންޏަކަށް ދަމާސް

Aug 6, 2018

އިންޑިޔާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޕިޑީލައިޓް ކުންފުނީގެ ޑޮކްޓަފިކްސްއިޓް ކެމިކަލް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުންޏަކަށް ދަމާސް ހަމަޖައްސައިފި އެވެ.

ދަމާސް ކުންފުނިން ބުނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ޕިޑީލައިޓްގެ ޑޮކްޓަފިކްސްއިޓް ކެމިކަލް ރާއްޖޭގައި ސަޕްލައި ކޮށްދޭ ގޮތަށް ހަމަޖައްސާފައިވާއިރު މިއީ ކޮންސްޓްރަކްޝަން ކެމިކަލްގެ ގޮތުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ބްރޭންޑް ކަމަށެވެ.

އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުހައްމަދު ޝިހާބު ވިދާޅުވީ ޕިޑީލައިޓް ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ފޯރުކޮށް ދިނުމަކީ ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި މި އުފެއްދުންތައް ވެގެންދާނީ ރާއްޖޭގެ ބާޒާރުގައި ވެސް އެންމެ އިތުބާރުކުރާ އެއް ބްރޭންޑްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިޔާގެ ހިއްސާގެ ބާޒާރުގައި އެންމެ ވިޔަފާރި ރަނގަޅު 70 ކުންފުނީގެ ތެރޭގައި ހިމެނޭ ޕިޑީލައިޓް ކުންފުނިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ދަމާސް މެެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ޑޮކްޓަރު ފިކްސްއިންޓްގެ އިތުރުން ފެލިކޮލް ރޭންޖުގެ އުފެއްދުންތައް ވެސް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

ޕިޑީލައިޓް ކުންފުނީގެ އިންޓަނޭޝަނަލް އޮޕަރޭޝަން ބިޒްނަސް ހެޑް ވިޝްހާލް މަލްހާން ވިދާޅުވީ ދަމާސްއަކީ ރާއްޖޭގައި އިތުބާރު ކުރެވޭ ބޮޑު ކުންފުންޏެއް ކަމަށެވެ.

ދަމާސްއަކީ ފަރުނީޗަރާއި އިމާރާތް ކުރުމުގެ ސާމާނު ވިއްކުމުގައި ރާއްޖޭގައި މަޝްހޫރު އެއް ކުންފުންޏެވެ. މާކެޓުގައި ހަރަކާތްތެރިވާތާ 30 އަހަރުވީ ދަމާސް އިން މިހާރު ވަނީ ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ކުރަމުންނެވެ.