ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެދިއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ނަންބަރުތަކެއް ބޭނުންކޮށްގެން ވަޓްސްއަޕް ކޯލްތަކެއް ކުރަމުންދާ ކަމަށެވެ.
ޝިފާން ވިދާޅުވީ ފުލުހުންގެ އިދާރާ އިން ރާއްޖެއިން ބޭރުގެ ނަންބަރެއް ބޭނުންކޮށްގެން އެއްވެސް މީހަކަށް ނުގުޅާނެ ކަމަށެވެ.
މީގެކުރިންވެސް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅައި މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވެ އެވެ.
އޮޅުވާލައިގެން ސްކޭމް ކޯލްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާތީ އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.