ދުނިޔެ

މަރުވި ދަރި ގޮވައިގެން އުޅުނު ބޮޑު މަސް 17 ދުވަސް ފަހުން ދަރި ދޫކޮށްލައިފި

Aug 13, 2018

ވޮޝިންގްޓަން (އޯގަސްޓް 12) - މަރުވެފައިވާ ދަރި "ނޭފަތުކުރިން އުފުލައިގެން ގެންގުޅެ ދުނިޔޭގެ ސަމާލުކަން ހޯދި ބޮޑު މަސް، 17 ދުވަސް ފަހުން ދަރި ދޫކޮށްލައިފި އެވެ.

ވެންކޫވާ އައިލަންޑުގެ ބޭރުން ޖޭ35 ނަން ދީފައިވާ ކިލާ ވޭލް، ވިހޭތާ ބައި ގަޑިއިރު ތެރޭ ވަނީ އޭގެ ދަރި މަރުވެފަ އެވެ. މަރުވި ދަރި ބޮޑު މަހުގެ ބުރަކަށި މަތީގައި އުފުލަނިކޮށް ފުރަތަމަ ފާހަގަ ކުރެވުނީ ޖުލައި 24 ވަނަ ދުވަހު އެވެ.

އާންމު ގޮތެއްގައި ކިލާ ވޭލްގެ މަރުވެފައިވާ ދަރި ގޮވައިގެން އެންމެ ދިގު މުއްތަކަށް ވެސް ދަތުރު ކުރަނީ ހަފުތާއެއްހާ ދުވަހަށް ކަމަށްވެ އެވެ. ނަމަވެސް ސައެންސްވެރިން ބުނަނީ ޖޭ35 ވޭލް ވަނީ "އާ ރެކޯޑެއް" ހަދާފައި ކަމަށެވެ. އެ މަސް މަރުވި ދަރި ގޮވައިގެން 1،000 މޭލު ދަތުރުކޮށްފައިވާ ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށްފަ އެވެ.

އެމެރިކާ އާއި ކެނެޑާ އިން ވަނީ ސަދަން ރެސިޑެންޓް ކިލާ ވޭލް، ހުސްވަމުންދާ ޖަނަވާރުގެ ލިސްޓުގައި ހިމަނައިފަ އެވެ.