ހަބަރު

ލ. ގެ ބައެއް ރަށްރަށަށް ރައީސް ފުރާވަޑައިގެންފި

Sep 8, 2018

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. ހިތަދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީ ކޮށްފައިވާ ބަނދަރު ހުޅުއްވައި ދެއްވާނެ އެވެ. އަދި އެ އަތޮޅު މާމެންދޫއަށް ވަޑައިގެން އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ހިދުމަތް އިފްތިތާހު ކޮށްދެއްވައި މާބައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައި ދެއްވާނެ އެވެ.

މީގެ އިތުރުން ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ބޮޑުމަގު ހުޅުއްވައިދެއްވުމުގެ އިތުރުން ފޮނަދޫ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވާނެ އެވެ.