ހަބަރު

ރޯދަ އިނާޔަތް ހަހަމަ ކުރަން އިދިކޮޅު މެމްބަރުންގެ ހިޔާލު ތަފާތު

Jun 8, 2015
1

އެންމެނަށް ހަމަހަމަކޮށް ރޯދަ އިނާޔަތްދޭން ތާއީދު ކުރި ނަމަވެސް ރޯދަ ކައިރިވެފައި ވަނިކޮށް އަވަސް އަރުވާލައިގެން އިނާޔަތް ހަމަހަމަ ކުރަން މަޖިލީހަށް ނިސްބަތްވާ އިދިކޮޅު މެންބަރުން ތަފާތު ހިޔާލުތަކެއް ފާޅުކޮށްފި އެވެ.

ރޯދަ އިނާޔަތަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ދެކޮޅު ހައްދަވައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ މަޝްހޫރު ވިޔަފާރިޔާ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދެވެ.

ސަރުކާރުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ހުށަހެޅި ބިލްގައި ބުނަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތު ކޮންމެ ރޯދަ މަހެއް ފެށުމުގ ކުރިން 3،000ރ. ދޭންވާނެ ކަމަށެވެ.

އޭޑީކޭގެ ވެރިޔާ ވިދާޅުވީ އިނާޔަތް ހަމަހަމަ ކުރުމަށް ހުށަހެޅި އިސްލާހާމެދު ވިސްނާލަންޖެހޭ ކަމަށާއި ސަރުކާރުން ބޭނުންވާހާ ގޮތަކަށް ބަޖެޓު ހަމަޖެއްސުމަށްފަހު އިނާޔަތް ހަމަހަމަ ކުރާއިރު އަމިއްލަ ވިޔަފާރިންނަށް އެއ ކުރެވޭނެ ކަމެއްތޯ ވިސްނަން ޖެހޭ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެމީހުން ކިހިނެއްތޯ މިކަންކަން ކުރާނީ. އެމްއެމްއޭގެ ގަވަރުނަރު ވެސް ވިދާޅުވަނީ ގާނޫނަކަށް ކުއްލިއަކަށް ބަދަލެއް ގެންނަ ކަމަށްވާނަމަ އެކަމަށް ދުރާލައި ތަން ދީގެންނޭ އެކަން ކުރަންޖެހޭނީ،" ނާޝިދު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ އިސްލާހަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް އެއްވެސް އިނާޔާތެއް ރޯދަަ އެލަވަންސްގެ ގޮތުގައި ދޭން ނުފންނަ ކަމަށާއި މިފަދަ އިސްލާހުތަކުން ބައެއް ފަރާތްތަކަށް ިބ ގެއްލުންތަކަށް ވެސް ވިސްނާލަން ޖެހޭނެ ކަމަށެވެ.  

މީގެ އިތުރުން ނާޝިދު ވިދާޅުވީ ހަމަހަމަ ކަމާއެއެކު ރޯދަ އިނާޔަތް ދޭން ސަރުކާރުން ވިސްނާއިރު ތަކެތީގެ އަގު އުފުލެމުންދާ ކަމަށެވެ. އަދި އިނާޔަތް ލިބޭ މީހުންނަށް ވުރެ އިނާޔަތް ނުލިބޭ މީހުން ގިނަ ކަމަށާއި އެކަމުގެ ސަބަބުން އެ ރައްޔިތުންނަށް އުނދަގޫވާނެ ކަމަށެވެ.

ދެން އެންމެ ބޮޑަށް ބިލަށް ފާޑު ވިދާޅުވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އޭނާ ވިދާޅުވީ ވަގުތީ މަންފާއެއް ހޯދުމަށް ސަރުކާރުން މިފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި  މުސްލިމުން އުޅޭ ގައުމެއްކަން އެނގެންވާނީ މިއަދ ނޫން ކަމަށެވެ.

އިދިކޮޅު ބައެއް މެންބަރުން ވިދާޅުވީ ސަރުކާރުން ރަނގަޅު ކަމެއް ކުރަނީ ގޯސް އެތައް ކަމެއް ކުރުމަށްފަހުގައި ކަމަށާއި އެހެން ކަމުން ރޯދަ އިނާޔަތް ހަމަހަމަ ކުރަނީ ކުރިން ކުރި ގޯސްތައް ފޮރުވަން ކަމަށެވެ.