ހަބަރު

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކު ދަންޖެހިގެން މަރުވި މައްސަލައެއް ބަލަނީ

Sep 13, 2018
1

މާލޭ ގެއެއްގެ ތެރޭގައި ބިދޭސީ އަންހެނަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު މާލޭ ގެއަކުން ދަންޖެހިފައި ހުއްޓާ ފެނުނީ 25 އަހަރު ބިދޭސީ އަންހެނެއް ކަމަށެވެ. އޭނާއަކީ އެ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ނޭޕާލް އަންހެނެކެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުމުން ފުލުހުން އަންނަނީ އެކަން ހިނގައި ދިޔަ ގޮތް މިހާރު ތަހުގީގު ކުރަމުންނެވެ.

އަންހެން މީހާގެ ހަށިގަނޑު މިހާރު އޮތީ މޯޖަރީގައި ބާއްވައިފަ އެވެ. އަންހެން މީހާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ނޭޕާލްއަށް އަނބުރާ ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.