ހަބަރު

މުޒާހަރާޔަށް އައިމީހުން މަދުކަމުން ރައްޔިތުން ތިބިގޮތް އެނގިއްޖެ: އުމަރު

Jun 13, 2015

މިރޭގެ މުޒާހަރާއަށް އެއްވި މީހުން މަދުކަމުން ރައްޔިތުން ތިބި ގޮތް ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. 

މުޒާހަރާއިން މަގުތައް ފުރާލާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިރޭ ފެށި މުޒާހަރާ ފެށުނުތާ އިރުކޮޅެއް ނުވެ، އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މުޒާހަރާއަށް ދިޔައީ 2،000 މީހުންނަށް ވުރެ މަދު ބަޔެއް ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި އެކަމުން ދޭހަކޮށްދެނީ ރައްޔިތުން ބޭނުން ވަނީ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމެވެ.

އިދިކޮޅު ފަރާތްތަކުން މިރޭގެ މުޒާހަރާ ފެށުމުގެ ކުރިން ބުނެފައި ވަނީ، މުޒާހަރާ ތިން ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އަދި މި މުޒާހަރާތަކަކީ ސިލްސިލާ މުޒާހަރާތަކަކަށް ވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.