ހަބަރު

ދައުލަތުގެ ހަތަރު އިދާރާއެއް ބިއްލޫރި ޖެހިގެއަށް ބަދަލު ކުރަނީ

Jun 13, 2015

ކުރީގެ ސިޓީ ކައުންސިލް ހިންގި އިމާރާތް، ބިއްލޫރި ޖެހިގެ އަށް ޖެންޑާ މިނިސްޓްރީގެ އާ އެކު ދައުލަތުގެ ހަތަރު އިދާރާއެއް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެއިމާރާތަށް ބަދަލުވާ އޮފީހެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެތަނަށް ބަދަލުވުމަށް ދީފައިވާ ވަގުތު ކޮޅު ވެސް ކުޑަ އިރު އެތަނަށް އޮފީސް ބަދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި އެ މަސައްކަތްތައް ކުރެވޭ ވަރަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ބަޖެޓް އެކަމަށް އެބަ ބޭނުންވޭ. އެއީ އަލަށް ބަދަލުވާން ޖެހޭ އިމާރާތުގައި މުއާސަލާމަތީ ކަންކަން ގާއިމް ކުރުމާއި މިހެން ގޮސް ހަދަން ޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސެން އޮތީ ބަޖެޓް ލިބޭ ވަރަކުން،" އޮފިޝަލް ވިދާޅުވި އެވެ.

ބިއްލޫރި ޖެހި ގޭގައި ހިންގި ސިޓީ ކައުންސިލްގެ އިދާރާ މިހާރު ވަނީ ގާޒީ ބިލްޑިންގަށް ބަދަލުކޮށްފަ އެވެ.