ހަބަރު

ސެމްސަންގް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް، އެސްޓީއޯ ހަމަޖައްސައިފި

Jun 16, 2015

ރާއްޖޭގައި ސެމްސަންގްގެ އުފެއްދުންތައް ވިއްކުމަށް، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖައްސައިފި އެވެ.

އެ ރަސްމިއްޔާތުގައި އެމްޑީ ޝަހީރު ވިދާޅުވީ މި އެއްބަސްވުުމުގެ ސަބަބުން ރާއްޖޭގައި ސެމްސަންގްގެ އެންމެ ފަހުގެ އުފެއްދުންތައް ވިއްކުމަށް ފަސޭހަވަގެންދާނެ ކަމަށެވެ. އަދި މިއީ ސެމްސަންގް އުފެއްދުންތަކަށް ލޯބި ކުރާ ފަރާތްތަކަށް ލިބޭނެ އުފާވެރި ހަބަރެއް ކަމަަށް ވެސް ސަހީރު ވިދާޅުވި އެވެ.

ސެމްސަންގްގެ ލަންކާގެ ބްރާންޗްގެ ހެޑް ވިދާޅުވީ، އެކި ގައުމުތަކުގައި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުން ބޭތިއްބުމަކީ އެ ފަރާތުން އިސްކަން ދޭ ކަމެއް ކަމަށެވެ. އަދި އެސްޓީއޯ ކަހަލަ ބޮޑު ކުންފުންޏަކާ އެކު މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމުން ސެމްސަންގްގެ އުފެއްދުންތައް ކުރިއަށް ވުރެ ބޮޑަށް ރާއްޖޭގައި ބްރޮމޯޓްކޮށް ވިއްކުމަށް ބާރަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.