ހަބަރު

މެމްބަރު މުހައްމަދު އަބުދުﷲ، މުހައްމާ އެމްޑީޕީއަށް ސޮއި ކޮށްފި

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެމްޑީޕީއަށް ސޮއި ކޮށްފި އެވެ.

މެންބަރު މުހައްމަދު އަބުދުﷲ އެމްޑީޕީއަށް ސޮއި ކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. މުހައްމާ އެމްޑީޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަންލަތީފު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މުހައްމާ އެމްޑީޕީއަށް ސޮއި ކޮށްފައިވާ އިރު، ޕާޓީ ބަދަލުކުރުމުން، ނުވަަތަ ޕާޓީއަކުން ވަކިވުމުން ނުވަރަ ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު މިހާރު ވަނީ އުވާލާފައެވެ. އެއާއެކު މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީތަކާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މުހައްމާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކުރިން ބުނި 12 މެމްބަރުންގެ ތެރޭގައި ވެސް މުހައްމާ ހިމެނެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލި ފަހުން މިހާތަނަށް މުހައްމާގެ އިތުރުން ތިމް މެންބަރަކު ވަނީ ޕާޓީ ބަދަލުކޮށްފަ އެވެ. އެގޮތުން އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި، ބިލެއްދޫ ދާއިރާގެ މެމްބަރު މުހައްމަދު މުބީން ވަނީ ޖުމްހޫރީ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންފަ އެވެ.