ވިޔަފާރި

އުރީދޫ ރޯދައިގެ ހެޔޮ އެދުން: ހިލޭ ކޯލާއި ސުޕަ ފްރައިޑޭ ބޯނަސްއާއެކު

Jun 17, 2015
1

އުރީދޫން މިއަދު ފެށި ޕްރޮމޯޝަންގައި ފަސް ރުފިޔާ ހަރަދުކޮށްގެން ރޯދަ މަހުގެ ކޮންމެ ރެއަކު ހިލޭ ކޯލާއި ޓޭޑާ ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ކޮންމެ ރެއަކު މެންދަމު ތިނެއްގެ ފަހުން މެސެޖުކޮށްގެން މި ޕްރޮމޯޝަންގައި ބައިވެވިދާނެ އެވެ. މި ޕްރޮމޯޝަންގައި ގޯ ޖެހުމަށް ފަހު 5252 އަށް މެސެޖު ކުރުމުން ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހެއްގެ ހެނދުނު އަށެއް ޖެހުމާ ހަމައަށް ހިލޭ ގުޅޭނެ އެވެ. ނުވަތަ 100 އެމްބީ ޑޭޓާ ހިލޭ ބޭނުން ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ހުކުރު ދުވަހަކީ ހާއްސަ ދުވަހެކެވެ. އުރީދޫން މި ވަނީ ހުކުރު ދުވަސް ހާއްސަކޮށްލާފަ އެވެ. ހުކުރު ދުވަހު އުރީދޫން ވަނީ ހާއްސަ އޮފާތަކެއް ދިނުމަށް ނިންމާފަ އެވެ. މިއީ އާއިލާ އާއި ރަހުމަތްތެރިންނާ ގުޅުން ބަދަހި ކުރުމަށް އެ ކުންފުނިން ދޭ ފުރުސަތެކެވެ. މި ޕްރޮމޯޝަންގައި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި ރީޗާޖު ނުވަތަ ރާސްޓަސް ކުރުމުން، ރީ-ޗާޖާއި ރާސްޓަސް ކުރާ އަދަދުގެ 25 ޕަސެންޓާ ހަމައަށް ވާ ބޯނަސް ނުވަތަ ކްރެޑިޓް ހިލޭ ލިބެ އެވެ.

މި ޕްރޮމޯޝަންގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ގަންނަ ޑޮންގުލް އާއި މައިފައި ޑިވައިސްގެ އަގުގެ 40 ޕަސެންޓަށް ވުރެ އަގުހުރި ޑޭޓާ ހިލޭ ލިބޭނެ އެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ބޭރުގެ ގައުމުތަކަށް ގުޅުމަށް ހާއްސަ އަގުތަކެއް އުރީދޫން މިވަނީ ދީފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ، އޮމާން، ގަތަރު، ކުވޭތުގެ އިތުރުން މިސްރާއި ބަހްރެއިން އަށް އެންމެ 2.95ރ. އަށް ގުޅޭނެ އެވެ. މި އަގުގައި ގުޅޭނީ ނަމްބަރުގެ ކުރިއަށް 011 ޖެހުމުންނެވެ.

އުރީދޫ ކަސްޓަމަރުން މި ރޯދަ މަހު ވެސް އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯދޭނެ އެވެ. މި ހިދުމަތް ލިބޭނީ ގޯ ޖެހުމަށްފަހު 4777 އަށް މެސެޖު ކުރުމުންނެވެ. މީގެ އިތުރުން ރީތި ޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާނުގެ ތަރުޖަމާ އާއި މަދަހަ ހޯދޭނެ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯދޭއިރު، މެސެޖަކުން ކެއްކުމާ ބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް އުރީދޫ ކަސްޓަމަރުން ނަށް ލިބެ އެވެ. މި އަހަރު ވެސް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.