ހަބަރު

އެމްޑީއޭގެ ހިންގުމާ ޝިޔާމް އަލުން ހަވާލުވެއްޖެ

އެމްޑީއޭގެ ހިންގުމާ އެޕާޓީގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު އަލުން ހަވާލުވެއްޖެ އެވެ.

އެމްޑީއޭގެ ހިންގުން ޝިޔާމާއި ހަވާލުކޮށްފައިވަނީ މިއަދު އެޕާޓީއިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.

ޝިޔާމަށް އެމްޑީއޭގެ ހިންގުން އަލުން ހަވާލުކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހު ވަނީ އެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން އެޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅަދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ ހަވާލުކޮށްފައެވެ،

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ޕާޓި އިން ވަކިވެފައިވާތީ، އެމަގާމަށް ވެސް ވަނީ ބޭފުޅަކު އައްޔަން ކޮށްފަ އެވެ. އެމަގާމަށް އައްޔަން ކޮށްފައިވަނީ ކައުސިލް މެމްބަރު އައިޝަތު މަމްދޫހާ އެވެ.

އޭގެ އިތުރުން އެމްޑީއޭގެ ގައުމީ މަޖިލީހުން ހުސްވެފައިވާ ދެމަގާމަށްވެސް ދެ މެމްބަރުންގެ މިއަދު ވަނީ ހަމަޖައްސަވާފައެވެ. އެ ދެބޭފުޅުންނަކީ ގ. ނަޒުލް، މުހައްމަދު ޝަމީޒު އާއި ނ. ވެލިދޫ، ވެލާނާގޭ، މުހައްމަދު އައްބާސް އެވެ.