އިލެކްޝަންސް ކޮމިޝަން

ދައުލަތުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި

ދައުލަތުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި އެވެ.

ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި ސަރުކާރު ހިންގާ ޕީއެންސީ އަށެވެ.

ދައުލަތުގެ ބަޖެޓުން މި ހުރިހާ ޕާޓީތަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ޕާޓީތަކަށް ފައިސާ ލިބުނު އަދަދުތައް

  • އެމްޑީޕީ - 15.1 މިލިއަން ރުފިޔާ
  • ޕީޕީއެމް - 10.4 މިލިއަން ރުފިޔާ
  • ޕީއެންސީ - 8 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ - 5.3 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ
  • އެމްޑީއޭ: 2.4 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 އަށް ވުރެ މެންބަރުން ގިނަ ޕާޓީތަކަށެވެ.