ހަބަރު

ޖަޕާނުން ރާއްޖެއަށް 40 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދީފި

ރާއްޖޭގެ ކަނޑުތަކަށް އެޅޭ ތެލުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 40 މިލިއަން ރުފިޔާ ދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ފައިސާއާ ހަވާލުވެ ދެ ގައުމުގެ ފަރާތުންވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 300 މިލިއަން ޖެޕެނީޒް ޔެން، 40.9 މިލިއަން ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުގެ ސަފީރު ކަޒޫމީ އެންޑޯ އެވެ.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދިން ހިލޭ އެހީއަށް ޝުކުރު ދަންނަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގައިވެސް ރާއްޖޭގެ ތަރައްގީއަށް އަށް އެކި ގޮތްގޮތުން އެހީ ވަމުން އަންނަ ކަމަށެވެ. އަދި އިޖުތިމާއީ އިގްތިސާދީ ދާއިރާއިން ރާއްޖެއަށް އެހީ ވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ ޖަޕާނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ޑިފެންސް މިިނިސްޓްރީ އާއި ކޯސްޓް ގާޑާއި ފިނޭންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވަފަ އެވެ.