ވިޔަފާރި

އުކުޅަހުގެ ހުރިހާ މުއައްސަތަކަކުން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި

Dec 8, 2018

އއ. އުކުޅަހުގެ ހުރިހާ މުއައްސަތަކުން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ ރާއްޖެ ސާފު ކުރަން މިހާރު ފަށާފައިވާ މަސައްކަތްތަކާ ދިމާކޮށް މުޅި ރަށުން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

"މިހާރު ރަށުގެ ހުރިހާ ސަރުކާރުގެ މުއްސަސާތަކެއްގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން މިވަނީ ހުއްޓާލާފަ. މިހެން ހަމަޖެއްސުމުން ރަށުގައި މިހާރު ފުޅި ބޭނުން ކުރާނީ އާއްމުން،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ސިންގަލް ޔޫސް ޕްލާސްޓިކް" ހުއްޓާލުމަށް ބޭނުންވާ ޑިސެޕެންސާ އާއި ބިއްލޫރި ފުޅި ހަދިޔާކޮށްފައިވަނީ ކައުންސިލުން ކަމަށެވެ.

އުކުޅަހުގެ މުއްސަސާތަކުން "ސިންގަލް ޔޫސް ޕްލާސްޓިކް" ހުއްޓާލިއިރު، އެ ރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލިކަން ވަނީ މީގެ ކުރިން އިއުލާނުކޮށްފަ އެވެ.