ހަބަރު

އެމްޓީޑީއިން 3000 ފޯމް ހަމަކޮށް އީސީއަށް ހުށަހަޅައިފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ، އެމްޓީޑީ އިން 3000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަން، އީސީ އަށް ފޯމްތައް ހުށަހަޅައިފި އެވެ.

އެ ޕާޓީ ހަދަން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ޕާޓީގެ ފުރަތަމަ މެންބަރުގެ ގޮތުގައި ކުރީގެ ނައިިބު ރައީސް އަހުމަދު އަދީބު ވަނީ ސޮއި ކުރައްވާފަ އެވެ.

އެމްޓީޑީ އިން ބުނީ، އެޕާޓީގެ ފަރާތުން ފުރަތަމަ 3333 މެންބަރުންގެ ފޯމް އީސީއަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ހުއްދަ ދެނީ 3،000 މެންބަރުންގެ ސޮއި ހަމަކުރުމުންނެވެ.

އެމްޓީޑީ އަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްގެ ޕާޓީ އެކެވެ. އެޕާޓީއަށް ވަރަށް ފަހުން ވަނީ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ސޮއި ކުރައްވާފަ އެވެ.