ހަބަރު

ނެޝަނަލް ރިފޯމް ޕާޓީ އުފައްދަން ހުއްދަ ދީފި

Jan 6, 2019
3

ނެޝަނަލް ރިފޯމް ޕާޓީ (އެންއާރްޕީ) ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

ނެޝަނަލް ރިފޯމް ޕާޓީ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ހުއްދައެއް ދިނީ ސ. ފޭދޫ، އިނގުރުމާގޭ، ޝައިހު މުހައްމަދު ދީދީ އަށެވެ. އޭނާ އަކީ ކުރިން އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރެވި ސްޓޭޓް މިނިސްޓަރެކެވެ. އަދި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަރިސް އެކުވެރިއެކެވެ.

މި ހުއްދަ އޭނާއަށް ދެއްވި އިރު ''ކަރިޝްމާ ޕާޓީ މޯލްޑިވްސް'' ގެ ނަމުގައި ޕާޓީއެއް އުފައްދަން މ. ކެލަމް، މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ހުށަހެޅުން އޭނާ ވަނީ އަނބުރާ ގެންދަވާފަ އެވެ.