މޯލްޑިވްސް ޕޮލިސް ސާވިސް

ރޭޕްގެ މައްސަލަ ހުށައެއްނާޅާ: ފުލުހުން

މާލޭގެ ގެއަކަށް ވަދެ ވަޅިން ބިރު ދައްކައި 65 އަހަރުގެ އަންހެނަކު ރޭޕް ކުރިކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނިކޮށް އެފަދަ މައްސަލައެއް ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދުގެ ވަގުތެއްގައި ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެެއްގައި މާލޭ ގެއެއްގައި ދިރި އުޅެމުންދާ 65 އަހަރުގެ އަންހެނަކަށް ވަޅިން ބިރު ދައްކައި ރޭޕް ކޮށްފައިވާ ކަމަށާއި، އަދި އާއިލާއިން އެ މައްސަލަތް ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިސަރު "އަވަސް" އަށް ވިދާޅުވީ، ރޭޕް ކުރުމުގެ އެއްވެސް މައްސަލައެއް އަދި ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ނެތް ކަމަށް ވެސް ބުންޏެވެ.