މޯލްޑިވްސް ޕޮލިސް ސާވިސް

އާޓިފިޝަލް ބީޗުގައި ފޮރުވާފައި ހުރި ތޫނު ހަތިޔާތުތަކެއް ހޯދައިފި

Jan 20, 2019

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ތޫނު ހަތިޔާރުތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ އެތަކެތި ހޯދާފައިވަނީ އާޓިފިޝަލް ބީޗު ތެރޭގައި ކުރިން ޑައިންމޯ ރެސްޓޯރެންޓް ހުރި ތަނުން ކަމަށެވެ. އަދި އެތަކެތި މިހާރު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ދުވަސްތަކެއް ކުރިން ކާނިވާ ސަރަހައްދުން ވަނީ 17 އަހަރުގެ ކުއްޖަކަށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދީފަ އެވެ.

އާޓިފިޝަލް ބީޗު މިހާރު އޮންނަނީ އެއްކޮށް ތަޅާލައި ހުސްކޮށްފަ އެވެ. އެއީ އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުންނެވެ. ނަމަވެސް އެ މަޝްރޫއު ކުރިޔަށް ނުގޮސް އެތަން އޮންނަނީ ކާރާއި ސައިކަލު ޕާކު ކުރާ ތަނަކަށް ވެފަ އެވެ.