ހުނަރު ހުރެފައި އެއާ އެއްވަރަށް ހީވާގި މަންމައިންގެ ވާހަކައަކީ ވެސް ދައްކަންޖެހޭ ވާހަކައެކެވެ. ގޭ ތެރޭގައި ތިބެގެން އާމްދާނީ ހޯދާ އެފަދަ މަންމައިން މަދެއް ނޫނެވެ. އެއީ ހުނަރާއި ހިތްވަރުން ފައްކާވެފައިވާ މަންމައިނެވެ. ގޭގައި ދަރިން ބެލުމުގެ ޒިންމާ އުފުލުމުގެ އިތުރުން ފެހުމާއި ކޭކް އެޅުމުގެ މަސައްކަތް ވެސް އެ މަންމައިން ކުރެއެވެ. މިވެސް ހަތަރު ކުދިންގެ މަންމައެކެވެ. މިހާރު ފޭސްބުކް ހާވާލާއިރަށް މުޝްބޭކްސް ނަމުގައި ފެންނަ، އޯޑަރަށް ވެޑިން އާއި ބާތްޑޭ ކޭކައި ކުކީ އަދި ކަޕްކޭކް އަޅައިދޭ މި ހީވާގި މަންމައަކީ މުސްލިހާ ޔޫސުފެވެ. ބަޓާ ކްރީމް ފޮންޑަންޓް ބޭނުން ކޮށްގެން އޭނ ތައްޔާރު ކުރާ ކޭކާއި ފްލޭވާ ކޭކްސް އާއި ރެޑްވެލްވެޓާއި ކަނަމަދު ކޭކް ވަނީ މަޝްހޫރުކަން ހޯދާފަ އެވެ.
ކިހިނެއް ފެށި މަސައްކަތެއް؟
ކޭކް އެޅުމުގެ މަސައްކަތް ފެށީ 2014 އަހަރު. އަޅުގަނޑަށް ދެ ކުދިން ލިބި އާއިލާ ރޫޅުމުން އަޅުގަނޑަށް ވަރަށް ހިތްދަތި ތަޖުރިބާއެއް ކުރެވުނު. ކުދިންނާ ދުރުގައި ދުވަސްތަކެއް ހޭދަ ކުރަންޖެހުނު. ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އެސްބީއައި އިން ވަޒީފާއެއް ހޯދާ ކުދިން ވެސް ކައިރިއަށް ގެނައިން. އެސްބީއައި އަކީ ވަރަށް ބިޒީތަނެއް. އެއްވެސް ވަރަކަށް ކުދިންނަށް ވަގުތެއް ނުދެވޭ. އެހެންވެ އަޅުގަނޑު ގޭގައި މަސައްކަތް ކުރަން ފެށީ. އަދި ދެވަނަ ކައިވެންޏެއް ކޮށް އިތުރު ދެ ކުދިން ލިބުމުން އިތުރަށް ވަޒީފާއަކަށް ނުގޮސް ކޭކު އެޅުމުގެ މަސައްކަތް މި ކުރަނީ.
ކިހިނެއް މިހާ ކުރިޔަށް ޖައްސާލީ، ކޯހެއް ހެދިންތަ؟
ކޭކް އަޅާށާއި ޑިޒައިން ކުރަން އެއްވެސް ކަހަލަ ކޯހެއް ނަހަދަން. ކޭކް އަޅަން ދަސްކުރީ އަމިއްލައަށް، މުޅިންވެސް ޔޫޓިއުބް ބަލައިގެން. އަޅުގަނޑުގެ ރެސިޕީތަކަކީ އަޅުގަނޑު އެކި ފަހަރު މަތިން ޓްރައިކޮށް ޕާފެކްޓް ކޮށްފައިވާ ރެސިޕީތަކެއް. ފޮންޑެންޓާއި ބަޓާ ކްރީމް ބޭނުން ކޮށްގެން އެކި އެކި ޑިޒައިނަށް ކޭކް އަޅައިދެން މިހާރު. ސެޓްފިކެޓެއް ނެތް ކަމުގައިވިއަސް ކަސްޓަމާސް އަޅުގަނޑަށް ދޭ ރަނގަޅު ކޮމްޕްލިމެންޓްސް ހަމަ ސެޓްފިކެޓެއް ފަދަ. އަދި އަޅުގަނޑުގެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމުގައިވާ ބޭކް އެންޑް ޑެކާގެ ޝިހާ އަދި ކޭކްލައިންގެ ނާޒްލީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފެށުނީއްސުރެ މި މަސައްކަތުގައި ލިބޭ. އެއްޗެއް ނޭނގިގެން ގުޅާލުމާއެކު އަބަދުވެސް އެހީ ލިބޭ.
ކޮބާ އެޗީވްމެންޓަކީ؟
ކަސްޓަމަރުންގެ ރަނގަޅު ފީޑްބެކް. އަދި އަބަދުވެސް އަލަށް އަންނަ ލޯޔަލް ކަސްޓަމަރުން.
ކިހިނެއް އާއިލީ ޒިންމާއާއެކު ކަންކަަން ބެލެންސް ކުރަނީ؟
ސްކެރެޗް އިން ކޭކެއް އަޅަން ގާތްގަނޑަކަށް ހަތަރު ގަޑިއިރު ނަގާ. އަޅުގަނޑު އަބަދުވެސް ކޭކް އަޅަނީ ދުވާލު ގަޑީގައި. އެ ޑެކެރޭޓްކޮށް ބޭނުންވާ އެކިއެކި އެއްޗެހި ހަދާ ޑިޒައިން ކުރަނީ ރޭގަނޑު. އެކަހަލަ ގޮތަކަށް ރާވާލައިގެން މަސައްކަތް ކުރަނީ. އަދި ދޮވުމާއި ސާފު ކުރުމަކީ ވެސް ވަރަށް ބޮޑު މަސައްކަތެއް. މި ހުރިހާ މަސައްކަތެއް ވެސް ކުރަނީ އެކަނި. އާއިލީ ޒިންމާ އާއި މި މަސައްކަތް ވެސް ފުރިހަމައަށް ހިނގާ.
ކަސްޓަމާ ރިކުއެސްޓަކީ ކޮބައި؟
ގިނައިން ރިކްއެސްޓް ކުރަނީ ފޮންޑަންޓް ކޭކަށް. މިނިމަލިސްޓް ލުކެއް ހުންނާތީހެން ހީވާނީ ބޮޑަށް. އަޅުގަނޑަށް މި ގެންނަނީ ކޮންމެވެސް ކަހަލަ ކޭކެއްގެ ފޮޓޯއެއް ގިނައިން. ދެން ބޭނުންވަނީ އެކަހަލަ ގޮތަކަށް ސޭމް ޑިޒައިނަށް ކޭކު އަޅަން. އޭގެ ބަދަލުގައި އަމިއްލަ އަޑިއާއަށް ތީމަކާއި ނޫނީ ބޭނުން ވައްތަރެއްގެ މަލެއް ބުނެފައި އަމިއްލައަށް ޑެކެރޭޓްކޮށްގެން އަޅާ ކޭކް އެންމެ ހަދާ ހިތްވަނީ. ވަރަށް ފަހުން ހެދިން ވޯޓަފޯލް ކޭކެއް ވެސް
ހިއްވަރު ދެނީ ކޮންބައެއް؟
ހަތަރު ކުދިން ބަލަމުން ކޭކް އެޅުމަކީ ވަރަށް ބުރަ މަސައްކަތެއް. އެކަމަށް އެންމެ އެހީވަނީ އަޅުގަނޑުގެ މަންމަ. އެއީ ވަރަށް ބޮޑު ހިއްވަރެއް، ފިރިމީހާ ވެސް ވަރަށް އެހީތެރިވެދޭ ކޭކް ޑެލިވާކުރުމުގައި އާއި އެއްޗިހި ގަނެދިނުމަގައި އޭގެ އިތުރުން އާއިލާގެ އެހެން ހުރިހާ މެންބަރުންގެ ފަރާތުން ވެސް. އަދި އަޅުގަނޑު އިންލޯސް ވެސް ވަރަށް ސަޕޯޓިވް މި މަސައްކަތަށް.
ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްތަ؟
މިއީ ހަމަ ޓެލެންޓާއި ޕެޝަން ހުންނަ ކަމައްވެއްޖެއްޔާ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. ހަމަ ވަރަށ ފަސޭހަ ރަނގަޅުވެސް ކަމެއް.