LIVE UPDATES

ރިޔާސީ ބަޔާން: ގާޒީން އިސްލާހު ނުވެ ގައުމު ހަމަ މަގަށް ނޭޅުވޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ފަށާނީ މިއަދު ހެނދުނު 10:00 ގައި. އެ ޖަލްސާ ބާއްވަނީ ދަރުބާރުގެ ރަންނަބަޑޭރި މާލަމުގައި. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ގައުމުގެ ހާލަތު ބަޔާންކޮށް އަދި ކުރިއަށް ހުރި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައީސް ސޯލިހު، މަޖިލީހަށް ރިޔާސީ ބަޔާން ދެއްވާނެ.