ކާނާ

އޮކްސިޖެން ލެވެލް ރަނގަޅު!

Feb 8, 2019
3

ވެރިރަށް މާލެއަކީ ބޮޑު އެއް ފުޑްކޯޓެވެ. ހުރިހާ ވައްތަރެއްގެ ހުރިހާ ރަހައެއް ހުރިހާ އުމުރަކަށް އަދި ހުރިހާ މާހައުލަކަށް ފެތޭނެ އެކި ފީލްގެ ރެސްޓޯރެންޓްތައް މާލޭގައި ހުރެ އެވެ. މި ހުރިހާ ރެސްޓޯރެންޓްތަކާއި ކެފޭތައް ފުނި ޖެހިފައިވާއިރު ވެސް 2010 ގައި އުފައްދައި ހުޅުއްވީސުރެ މިހާތަނަށް އެއް ފެންވަރެއްގައި ހިދުމަތް ދެވުނު ކެފޭ ރެސްޓޯރެންޓަކަށް "އޮސިޖެން" ވާނެ އެވެ. ވަރަށް ވަރުގަދަ ނަން ނަމުގައި ބޮޑެތި އިންވެސްޓްމެންޓްތަކާއެކު ހުޅުވި ރެސްޓޯރެންޓްތައް ބަންދު ވެގެން ދާއިރު ވެސް އަދިވެސް "އޮކްސިން ލެވެލް ރަނގަޅެ" ވެ.

އޮކްސިޖެން އުފެއްދީ މަޝްހޫރު "ސީ ހައުސް" ގެ ބްރޭންޑެއްގެ ގޮތުގަ އެވެ. ފަހުން 2014 މެކްސްކޮމްގެ މެނޭޖްމެންޓްގެ ދަށަށް ބަދަލުވުމާ ހަމައަށާއި އޭގެ ފަހަށް "އޮކްސިޖެން ބުލޫ" އާއި އޮކްސިޖެން "ބިރިޔާނީ ރޯޔަލް" އާއެކު އޮކްސިޖެންގެ ސުފުރާ ދަމާލާފައިވާއިރު ވެސް އޮކްސިޖަންގެ ހިދުމަތާއި ރަހަތަކަށް ބަދަލެއް ނައިސް އެއްވަރު މަގުބޫލް ކަމެއްގައި އެބަ ހުއްޓެވެ.

"އޮކްސިޖެން އޭގެ ގޮތުގައި މީހުން ބަލައިގެންފައިވާ ބްރެންޑެއްގެ ގޮތަށް އަބަދުވެސް އޮތީ. އޭރު ވެސް މިހާރު ވެސް ސްޕީޑަކަށް ވެސް ހިދުމަތަކަށް ވެސް އެއްވެސް ބަދަލެއް ނާދޭ. ފުރަތަމަ ދުވަހު ވެސް ޕްރެޒެންޓް ކުރި އޮކްސިޖެން ސިގްނޭޗާ އަދިވެސް އެގޮތުގައި އޮތުމުން އޮކްސިޖެން އަކީ އިތުބާރު ކުރެވޭ ބްރޭންޑަކަށް ވެފައި މި އޮތީ،" އޮކްސިޖެން ހިންގާ މެކްސްކޮމްގެ ވެރިޔާ މުހައްމަދު ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވި ގޮތުގައި ރެސްޓޯރެންޓް، ކެފޭ އިންޑަސްޓްރީގައި ކުރިއަރައިގެން ދިއުމަކީ ގިނަ ތަންތަން ހުޅުވައި މެނޫ ބޮޑު ކުރުމަށްވުރެ ފެންވަރު ހިފަހައްޓައިގެން އެއް ލެވެލެއްގައި ކުރިޔަށް ގެންގޮސް ފުޅާކޮށް ތަރައްގީ ކުރުމެވެ. އޮކްސިޖަންގެ ރަނގަޅު ލެވެލްގައި މިއަދާ ހަމައަށް ހުޅުވިފައި ހުރީ އެހެން ވެގެނެވެ.

"ބްރޭންޑަށް ވަރަށް ބޮޑަށް ވަގުތު ދޭންޖެހޭ! ޓައިމް ދޭންޖެހެއޭ އަޅުގަނޑު މި ދަންނަވަނީ ކޮންމެ ދުވަހަކު ބްރެކްފާސްޓަށް ރެޑީ ކުރާ ބްފޭއިން ފެށިގެން ހުރިހާ މެނޫއެއް ވަކިވަކީން ބަލައި ކޮލިޓީ ކޮންޓްރޯލް ކޮށްގެން ނޫނީ ލެވެލްގައި ނުއެއް ހިފެހެއްޓޭ. މައިގަނޑު ގޮތެއްގައި އެއް ލެވެލެއްގައި އޮސިޖަން އޮތުމުގެ ސިއްރަކީ ގަވައިދުން މޮނިޓާކޮށް ބަލަހައްޓަމުން ގެންދިއުން، ބަރާބަރަށް ކޮންމެ ދުވަހަކު ބަލައި ކޮންމެ ދުވަހަކު ސާވިސް ރަނގަޅު ކުރުންމު ގެންދިއުން،" ފަޒީލް ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު މަގުގެ އޮކްސިޖެން އާއި ރައިވެރިވެރިބޭ ކޮއްތު އެކުވެނީގައި ހުން އޮކްސިޖެން އާއި އޮކްސިޖެން ބިރިޔާނީ ރޯޔަލްގައި 70 އާ ގާތް ކުރާ އަދަދަކަށް ސްޓާފުން އުޅޭ އިރު އޮކްސިޖަންގެ ހިދުމަތް ފުރިހަމައަށް ދިނުމަށް ކޮންމެ ދުވަހަކު ދެ ޝިފްޓެއް އޮޕަރޭޝަންގައި އޮވެ އެވެ. އެ ދެ ޝިފްޓް ކޮންމެ ދުވަހަކު މަސައްކަތް ފަށަނީ ހާއްސަ ބްރީފިން އާއި އިން ހައުސް ތަމްރީނުތަކާއެކު އެވެ.

"ހަމަ ކޮންމެ ދުވަހެއްގައި ކޮންމެ ޝިފްޓެއް ވެސް މަސައްކަތް ފަށާ ގޮތް އެއީ. އޭގެ އިތުރުން ކޮންމެ ކަމެއް ވަކީވަކީން ރިމައިންޑް ކޮށްދީ، ކަސްޓަމާއަށް އޮކްސިޖެންގެ އެންމެ މަތީ ފެންވަރުގައި ދެވޭ ހިދުމަތް އެ ފެންވަރުގައި ދޭން ޓްރައިކޮށް އެ ހިދުމަތް ދިނުމަކީ ލާޒިމް ކަމެއްގެ ގޮތުގައި އޮންނަނީ،" ފަޒީލް ވިދާޅުވި އެވެ.

އޮކްސިޖެންގެ އޮޕަރޭޝަންގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ފުޑު މެނޫ ސެލެކްޝަން ވަކި ގޮތެއްގައި ގެންގުޅުމަކީ އޮކްސިޖެންގެ ލެވެލް ނުވެއްޓި އޮތް މައިގަނޑު ސަބަބެވެ.

"އޮކްސިޖެންގައި އެއްވެސް އެއްޗެއް ނުއެއް ފޮރުވާނެ ކަސްޓަމާއަކަށް. މެނޫ އާއި ފުޑް މޭޒުމައްޗަށް ޕްރެޒެންޓް ކޮށްދޭ ގޮތަށް ހުރިހާ ވާހަކައެއް ވެސް ކިޔައި ދެވޭނެ ބޭނުންވާ ހިސާބުން. އެގޮތަށް ކޮންސިސްޓަންސީ މެއިންޓައިން ކުރާތީ މި ގޮތަށް މެނޭޖް ކުުރެވުނީ،" އޭނާ ވިދާޅުވި އެވެ. "މުޅި މާލެ ތެރެއަށް އަދި ހުޅުމާލެއަށް އެކި ފާޑު ފާޑުގެ ފީލްތަކުގެ ރެސްޓޯރެންޓް ތަކާއި ކެފޭތަކާއި ބިސްޓްރޯތައް އަންނައިރު އޮކްސިޖަން އަށް އެއްވެސް ބަދަލެއް ނައިސް އެއްވަރެއްގައި ހުރީ ވަރަށް ކެއާ ކޮށްގެން،"

އަލަކާޓް ޑިސޝްތަކުގައި ރަހަ ފުރަތަމަ ދުވަހުން ފެށިގެން އެއް ގޮތަކަށް އެއް ފެންވަރެއްގައި ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އޮކްސިންޖެންގެ އެފަދަ ރަހަތައް އަދިވެސް 2010 ގައި ހުޅުވި އިރުވެސް ހުރި ފެންވަރުގައި އެބަހުއްޓެވެ.

"ރަހަތައް އެއް ފެންވަރެއްގައި އެ ގޮތަކަށް ގެންގުޅެވިފައި ވަނީ މިހާތަނަށް ވެސް އޮކްސިޖަންއަށް، އެއީ ވަރަށް ފާހަގަ ކުރެވޭ ކަމެއް،" އޮކްސިޖެންގެ ރެގިއުލާ ކަސްޓަމަރަކު ބުންޏެވެ.

ފަޒީލް ވިދާޅުވި ގޮތުގައި އޮކްސިޖެން ހެނދުނު ހުޅުވައިލުމުގައި އަބަދުވެސް ބަލަނީ ކަސްޓަމާގެ ސައިކްލޮޖީއަށެވެ. ވަކި ބާވަތްތައްތަކެއް ވަކި ކަހަލަ ގޮތަކަށް ނޫނީ ޕްރެޒެންޓެއް ނުކުރާނެ އެވެ.

"ކަސްޓަމާގެ ފީލަށް އަޅުގަޑުމެން ބަދަލު ވަނީ! އެ މީހުންގެ ޝައިކީއާ އެއްގޮތަށް ފުޑާއި ޓޭސްޓް ޕްރެޒްންޓް ކޮށްދީގެން ފުޑްގެ ޓޭސްޓުން މެޗު ކުރާ ގޮތުން އޮކްސިޖަން ނުވެއްޓި ލެވެލްކޮށް އޮންނަނީ،" ފަޒީލް ވިދާޅުވި އެވެ.