ސިއްހަތު

ޖަންކް ފުޑް ނުވަތަ ލުއި ކާނާ: ހީކުރާ ވަރަށްވުރެ ގެއްލުން ބޮޑު

0%
0%
0%

ލުއި ކާނާ ބޭނުން ކުރުމަކީ ތިޔަ ހީކުރާ ވަރަށް ވުރެ ނުރައްކާ އަދި އޭގެ ސަބަބުން އެ ބޭނުންކުރާ ބަޔަކަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ.

މިފަދަ ކާނާތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ލިބޭ ނޭދެވޭ އަސަރު ހީކުރާ ވަރަށްވުރެވެސް ބޮޑު ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޖަންކް ފުޑް އާއި ލުއިކާނާ ގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތައް ހިމެނެ އެވެ. އެގޮތުން އޮބިސިޓީ، ޑައިބެޓީސް އަދި އެނޫން ވެސް އެފަދަ ގިނަ ބަލިތަކުގެ ޝިކާރައަކަށް މީހާ ހުށަހެޅިގެންދެ އެވެ.

މީގެ އިތުރުން ޖަންކް ފުޑް ގިނައިން ކެއުމުގެ ސަބަބުން ސައިކޮލޮޖިކަލް އަދި ނަފްސާނީ ގޮތުން ނުރައްކާތެރި އަސަރުތައް ކުރެ އެވެ. އެގޮތުން ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވެ އެވެ.

ބައިއޯލޮޖިކަލް ގޮތުންވެސް ޖަންކް ފުޑް ކެއުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ކާނާ ގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަވެ، ބައިވަރު ބަލިތަކަށް މަގުފަހިވެ އެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ތަފާތު އެކި ވައްތަރުގެ ލުއި ބުއިންތަކާއި ލުއި ކެއުންތަކުގެ ސަބަބުން ގަޑިން ގަޑިއަށް ކެއުމުގައި ފަރުވާ ކުޑަ ކުރެވެ އެވެ. އަދި ގިނައިން ހަކުރު އެކުލެވޭ ބާވަތްތައް ކެއުމުގެ ސަބަބުން ހައިޕާ އެކްޓިވް ވާކަން ފާހަގަކުރެވޭ ކަމަށާއި އަދި ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިތަކާ ދިމާވާ ކަމަށްވެސް ދިރާސާތަކުން ދައްކަ އެވެ.

ޖަންކް ފުޑް އަކީ ވަރަށް ފަސޭހައިން ހަދާލެވޭ އަދި ވަގުތު ސަލާމަތް ކޮށްދޭ އެއްޗެކެވެ. އެހެންނަމަވެސް ލިބޭ ވަގުތީ ފަސޭހަ އަށްވުރެ ތިމާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އިސްކަން ދޭން ދަސްކުރަން ޖެހެ އެވެ.

އެހެންކަމުން ޖަންކް ފުޑް ކަހަލަ ލުއިކާނާ ބޭނުންކުރުމުގެ ބަދަލުގައި، ތިބާގެ ސިއްހަތަށް ރައްކާތެރި ކާނާތައް ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ތިބާގެ ސިއްހަތް ދެމެހެއްޓުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮށްދެވޭނެ އެންމެ ފުރިހަމަ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910