ވިޔަފާރި

ކުންފުނި ޑިރެކްޓަރުކަމަށް ޝައުގުވެރިވާ ފަރާތްތައް ތަމްރީންކޮށްފި

Feb 16, 2019

ކުންފުނިތަކުގެ ޕްރޮފެޝަނަލް ލެވަލްގައި މަސައްކަތްކުރާ ފަރާތްތަކާއި ބޯޑު ޑިރެކްޓަރުކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީން ދީފި އެވެ.

ކުންފުނިތައް ހިންގުމާއި ވިޔަފާރީގެ ދާއިރާއިން ކޯޕަރޭޓް ގަވަނަންސް ފައިނޭންސް ތަމްރީން ދިނުމަށް އުފައްދާފައިވާ މޯލްޑިވްސް ކެޕޭސިޓީ ޑިވްލޮޕްމަންޓް އެންޑް ގަވަނަންސް އިންސްޓިޓިއުޓް (އެމްސީޑީޖީއައި) އިން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި 30 މީހުން ބައިވެރިވެފައިވެ އެވެ.

އެމްސީޑީޖީއައި އިން ބުނީ ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކުންފުންޏެއް ހަރުދަނާކޮށް ހިންގުމުގެ މަގުސަދާއި ކޯޕަރޭޓް ގަވަނަންސް އަދި މި ދާއިރާގެ ބެސްޓް ޕްރެކްޓިން ކިޔައިދެވުނު ކަމަށެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އަހުމަދު އައުޝަން އެވެ. އަދި މި ޕްރޮގްރާމުގައި މައުލޫމާތުތައް ދެއްވީ އެމްސީޑީޖީގެ ރިސޯސް ބޭފުޅުން ކަމަށްވާ ނޫރްބާން ފަހުމީ އާއި މަރިޔަމް ސަވާދީން އަބްދުﷲ އެވެ.

ރާއްޖޭގައި 5،000 އަށްވުރެ ގިނަ އަމިއްލަ ކުންފުނި ރަޖިސްޓްރީކޮށްފައިވެއެވެ. ނަމަވެސް މީގެތެރެއިން އެކަށީގެންވާ ގޮތެއްގައި ހިންގަނީ މަގު ކުންފުންޏެކެވެ.