ހަބަރު

ރޯދަ މަހު ދުވާލު ނުކައި! ޗޮކްލެޓެއް ކާން ހުއްޓައި މީހަކު ހައްޔަރުކޮށްފި

Jul 6, 2015

ރޯދަ މަހު ދުވާލު ފިހާރައެއްގެ ތެރޭގައި ޗޮކްލެޓެއް ކާން ހުރި ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:10 އެހާކަން ހާއިރު އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ފިހާރަޔަކުން ޗޮކްލެޓެއް ގަނެގެން އެތަނުގެ ތެރޭގައި ކާން ހުއްޓައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހާ ހައްޔަރުކޮށް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ރޯދަ މަހު ވެސް ދުވާލު ވަގުތު ކެއުމުގެ މައްސަލަތައް ފުލުހުންނަނީ އަންނަނީ ހުށަހަޅަމުންނެވެ. އެގޮތުން ރޯދަ މަހު ދުވާލު ސިގިރޭޓް ބޯން ތިބި ތިން މީހަކު މާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ރޯދަ މަހު ދުވާލު ކައިގެން ހަތް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެ އެވެ. އެ މައްސަލަތަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.