ސެރީނާ: މޮޔައަކަށްވެސް ކުރެވޭނެކަން ދައްކާލާ!

މި ދިޔަ މަހު ބޭއްވި އެކަޑެމީ އެވޯޑްސްގައި އަންހެނުން ބާރުވެރި ކުރުވަން ނައިކީ އިން ވަރުގަދަ އިސްތިހާރެއް ދައްކާލައި އޭގެ ތެރެއަށއް މީހުން ވައްދާލި އެވެ. ނައިކީން ހަދާފައިވާ ސަޅި އިސްތިހާރު ނެރޭޓްކޮށްފައިވަނީ ޓެނިހުގެ ރާނީ އެމެރިކާގެ ސެރީނާ ވިލިއަމްސް އެވެ.

އަންހެނުން ބާރުވެރިކުރުމަށް ހަދާފައިވާ މި އިސްތިހާރުގައި މުޅިންވެސް ހިމަނާފައި ވަނީ އަންހެން ކުޅިވަރު ކުޅުންތެރިންނާއި އަންހެން އެތުލީޓުންނެވެ. މިއީ ނައިކީގެ ޑްރީމް ކްރޭޒިއާ ކެމްޕެއިންގެ ދަށުން ހަދައި އާންމު ކުރި އިސްތިހާރެކެވެ. މިއީ ހަމައެކަނި އިސްތިހާރެއް ނޫނެވެ.

މިއީ އަންހެނުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު ސިކުނޑީގެ ލޯ ހުޅުވާލައި ވިސްނުމާއި ފިކުރު އިރުކޮޅަކަށް ހުއްޓުވާލުމަށް ހާއްސަ މުހިންމު އިސްތިހާރެކެވެ.

އެމީހުން ތީ މޮޔައެކޭ ބުނަން ބޭނުންނަމަ އެއީ މައްސަލައެއް ނޫން، މޮޔައަކަށް ވެސް ކުރެވޭނެ ކަން ކަން ދައްކާލާ!
ޓެނިސް ތަރި | ސެރިނާ ވިލިއަމްސް

ސެރީނާ ވިލިއަމްސް ނެރޭޓްކޮށްދީފައިވާ އާދަޔާހިލާފު މި އިސްތިހާރުގެ ތެރެއަށް މީހުން ގެނބިގެންދާނެ ފަދައަކުން އޭނާ ކިޔައިދެނީ ބާރުގަދަ މި ވާހަކަތަކެވެ:

"އަހަރުމެންގެ ޖަޒްބާތުތައް ދައްކާފިއްޔާ އަހަރުމެން ޑްރާމާ ވީއެވެ!"
"ފިރިހެނުންނާއި ދެކޮޅަށް ކުޅެން ބޭނުންވެއްޖެޔާ މޮޔަވީ އެވެ!"
"އަދި ހަމަ ހަމަ ފުރުސަތުގެ ހުވަފެން ދެކެފިނަމަ އެއީ ބުއްދި ގޯސްވީއެވެ!"
"އެއްވެސް ކަމަކަށް އެދި ތެދުވެއްޖެނަމަ އެއީ ހަމައިން ނެއްޓުނީއެވެ!"
"އަދި ކަމަކަށް މާ މޮޅުވެއްޖެނަމަ އަހަރުމެންގެ ކިބައިގައި ކޮންމެވެސް ކަމެއް ގޯހެވެ! ނޫނީ ކޮންމެވެސް މައްސަލައެއް އެބަ އުޅެއެވެ!"


"ރުޅިއައިސްފި ނަމަ އަހަރުމެން ކޮންޓްރޯލްއިން ނެއްޓުނީ އެވެ! ހަމަބުއްދި ފިލައި ގޮސް މޮޔަވީ އެވެ!"
"އަންހެނަކު މެރަތަން އެއް ދުވުން ވެސް ވީ މޮޔަކަމަކަށް!"
"ބޮކްސިން ތެޅުން ވެސް ވީ މޮޔަ ކަމަކަށް!"
"އަންހެނަކު ޑަންކު ކުރުން ވެސް ވީ މޮޔަކަމަށް!"
"އެންބީއޭ ކޯޗުކަން ކުރުން ވެސް ވީ މޮޔަކަމަކަށް!"
"އަންހެނެއް ބުރުގާ އަޅައިގެން މުބާރާތެއްގައި ވާދަކުރުން ވެސް ވީ މޮޔަ ކަމަކަށް!
"ކުޅިވަރު ބަދަލު ކުރުން ވެސް ވީ މޮޔަކަމަކަށް!
"ޑަބަލް ކޯކް 1080 ލޭންޑިންގް އެއް ހެދުން ވެސްވީ މޮޔަ ކަމަކަށް!"
"23 ގްރޭންޑް ސްލޭމްސް ކާމިޔާބު ކުރުން ވެސް ވީ މޮޔަ ކަމަށް!"
"ކުއްޖެއް ހޯދުން ވެސް ވީ މޮޔަކަމަކަށް!"
"ކުއްޖަކު ހޯދުމަށްފަހު އަލުން އެނބުރި ކުޅިވަރުގެ މައިދާނަށް އައުން ވެސް ވީ މޮޔަކަމަކަށް!"
ހުސް މޮޔަ ކަން! މޮޔަ ކަން! މޮޔަކަން!
އެމީހުން ތީ މޮޔައެކޭ ބުނަން ބޭނުންނަމަ އެއީ މައްސަލައެއް ނޫން! މޮޔައަކަށް ވެސް ކުރެވޭ ކަން ކަން ދައްކާލާ!"

ސެރީނާ ނެރޭޓްކޮށްފައިވާ އިސްތިހާރު: ވަރަށް ފުރިހަމަ

މި އިސްތިހާރުވެފައި ވަނީ ގިނަ ބަޔެއްގެ މެދުގައި މަގުބޫލުވެގެންދިޔަ އަދި ވަރަށް ބޮޑަށް ހިތްތަކަށް އަސަރު ވެސް ކުރި އިސްތިހާރަކަށެ. އަދި މި އިސްތިހާރު ދަނީ ސޯޝަލް މީޑިއާގައި ހަލުވި ކަމާއި އެކު ފެތުރެމުންނެވެ. ނައިކީން ވަނީ މީގެ ކުރިން ވެސް ސެރީނާ ވިލިއަމްސް އާއި ގުޅިގެން އަންހެނުން ބާރުވެރިކުރުމަށް އިސްތިހާރެއް ހަދާފަ އެވެ.

ސެރީނާ ވިލިއަމްސް އަކީ ގިނަ ބަޔަކަށް އިންސްޕިރޭޝަންއަކަށްވެފައިވާ ކުޅިވަރުގެ ރާނިއެއްގެ އިތުރުން އަންހެން ކުދިން ބާރުވެރި ކުރުމަށާއި އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ކުރުމަށް ބާރު އަޅަން ހިއްވަރު ދޭ ޝަހުސިއްޔަތެއްގެ ގޮތުގައި ނައިކީ ޕްރޮމޯޓް ކުރެ އެވެ.