ހަބަރު

ކައުންސިލަރުންގެ އިސްތިއުފާއާ ގުޅޭ ބިލު ތަސްދީގު ކުރައްވައިފި

Jul 7, 2015

މިދިއަ ޖޫން މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފާސްކުރެއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިއަދު ތަޞްދީގު ކުރައްވައިފިއެވެ.

މި އިސްލާހަކީ ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދިނަސް ކައުންސިލެއްގެ އުމުރުގެ ތިންބައި ކުޅަ އެއްބައި ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ނުކުރާ ގޮތަށް ހުށަހެޅި އިސްލާހެކެވެ. 

މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފަ އެވެ.