މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލް ގައި ރާއްޖޭގެ ފިލްމުތައް ބައިވެރިކުރުމަށް ހުޅުވާލައިފި އެވެ.
ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިކުރެވޭނީ ދެ ކުރު ފިލްމާއި ދެ ފީޗާ ފިލްމު އަދި އެއް މާސްޓާ ފިލްމަށެވެ.
"ސާކް ފިލްމު ފެސްޓިވަލް 2018" ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ހަތަކުން 12 އަށް ސްރީލަންކާގަ އެވެ. މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އާޓިސްޓުންގެ ތެރެއިން ގިނަވެގެން ހަތަރު މީހުން ފެސްޓިވަލުގައި ބައިވެރިވެވޭނެ އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ ތިންވަނަ ވަހުގެ ކުރިން އެންސީއޭއަށް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެ އެވެ.
ސާކްގެ ގައުމުތަކުން ކޮންމެ އަހަރަކުވެސް ބައިވެރިވާ މި ފިލްމް ފެސްޓިވަލުގައި މީގެ ކުރިންވެސް ރާއްޖެއިން ވަނީ ބައިވެރިވެ ވަނަތައް ހޯދާފަ އެވެ. އެގޮތުން، 2017 ވަނަ އަހަރު ބޭއްވި އެވޯޑު ހަފްލާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދީ ބަތަލާ އައިމިނަތު ރިޝްމީ އެވެ.