ހަބަރު

ވޯޓުފޮށިތައް ރަށްރަށަށް ފޮނުވަން ފަށައިފި

މަޖިލިސް އިންތިހާބަށް އަތޮޅުތެރޭގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާނި އަންނަ މަހުގެ ހައެއްގަ އެވެ. މި އިންތިހާބުގައި ޖުމްލަ 501 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ވޯޓު ފޮށިތަކާއި ވޯޓުލާ މަރުކަޒުތަކުގައި ބޭނުން ކުރާ ތަކެތި ފޮނުވަން ފަށައިފާ ވާއިރު އަންނަ މަހުގެ ދޭކަށް ހުރިހާ ފޮށިތަކެއް ފޮނުވާ ނިމޭނެ ކަމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ސްޕޯކްސްޕާސަން ވަނީ ޓްވީޓުކޮށްފަ އެވެ.

"މަޖިލިސް އިންތިހާބަށް އަތޮޅުތެރޭގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާ މަރުކަަޒުގެ އާލާތްތައް ފޮނުވަން ފަށައިފި" އަކްރަމްގެ ޓްވީޓުގައި ވިދާޅުވި އެވެ.

އިންތިހާބަށް ބޭނުންވާ ތަކެތި ފޮނުވުމުގެ އިތުރުން، މަޖިލިސް އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަަތްވެސް އިލެކްޝަންސް އިން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އަންނަ މަހުގެ ހައެއްގައި ބާއްވާ މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި 264،589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.