ހަބަރު

ބަނގުރާ ކެއްކި މީހަކާއި ދެކުއްޖަކު ހައްޔަރުކޮށްފި

Dec 30, 2014

ސ. ހިތަދޫ ފަޅު ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދިޔަ މީހަކާއި ކުޑަ ދެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އޭގެ ތެރެއިން ކުޑަދެކުދިންނަކީ 14 އަހަރުވެސް ނުފުރޭ ދެ ކުދިންނެވެ. ފުލުހުން ބުނީ  އެމީހުންގެ އަތުން 500 މިލި ލިޓަރުގެ ތިން ފުޅިއާއި 1.5 ލިޓަރުގެ ދެ ފުޅިއާއި ފަސް ލިޓަރުގެ ފުޅިއަކާއި 20 ލީޓަރުގެ ދެ ހަމުގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތް ފެނުނު ކަމަށެވެ.