LIVE UPDATES

207 މަރު، މުޅި ލަންކާގައި ކާފިއު!

Updated:
19

ކޮލޮމްބޯ (އޭޕްރީލް 21) - ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ދެ ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި އެތަކެއް ސަތޭކަ މީހުން ޒަހަމްވެ ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ އެވެ. ބޮން ގޮއްވާލާފައި ވަނީ މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ކޮލޮމްބޯގައި ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ތިން ހޮޓަލަކަށް ވެސް ބޮމުގެ ހަމަލާތަކެއް ވަނީ ދީފަ އެވެ. އެ ހަމަލާތަކުގައި މިހާތަނަށް 185 މީހުން މަރުވެފައިވާއިރު، 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާތަކުގެ ފަހަތުގައި އޮތީ ހަރުކަށި ވިސްނުމުގެ އެއް ގުރޫޕެއް ކަމަށާއި، މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.